މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެއިންޓަނެންސް އޮފިސަރ

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ މެއިންޓަނެންސް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/7500 ރުފިޔާ (ހަތްހާސް ފައްސައްތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/4000 ރުފިޔާ (ހަތަރު ހާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. ހެލްތު އިންޝޫރަންސް އަދި އެހެނިހެން އިނާޔާތްތައް.
  5. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލްގެ ފެންވަރު ހުރުމާއެކު މެއިންޓެނަންސް ދާއިރާގައި 5 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއި ކުރެވޭ އިންޓަރވިއު އިން ފާސްވުން  ނުވަތަ؛
  • މެއިންޓެނަންސް ސްޕަވައިޒަރގެ މަޤާމުގައި 4 އަހަރު ދުވަހު އުޅެފައިވުން. ނުވަތަ؛
  • އަސާސީ ފެންވަރަށް ލިޔަން ކިއަން ދަތުމާއި މެއިންޓެނަންސް ދާއިރާގައި 4 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުމާއި ކުރެވޭ އިންޓަރވިއު އިން ފާސްވުން.

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

  • މެއިންޓަނަންސް / އަދި އެކި އެކި ރިޕެއަރ އަދި ސާރވިސްގެ މަސައްކަތް ކުރުމާއި ކުރުވުން.
  • ޢިމާރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި/ކުރުވުން.
  • މެއިންޓަނެންސް ޖެނަރަލް ސްޓޮކް ބެލެހެއްޓުން.
  • ކީ ރެޖިސްޓަރ ލޮގް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަންގެ އެފިޝެންސީ އިތުރު ކުރުމަށް މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  • އިންޓަރވިއުއިން ފާސްވުން.
  • ކަނޑައެޅޭ އަމާޒަކަށް މަސައްކަތް ނިންމުމަށްޓަކައި ވަގުތު ދެވޭނެ މީހެއްކަމުގައިވުން.
  • މަލްޓީ ޓާސްކިން އަދި ދާއިރާގެ ގިނަ މަސައްކަތް ދަސްކުރުމުގެ ޝައުގުވެރިކަން ހުރުން.
  • މަސައްކަތްތައް ޓަރގެޓަށް ނިންމުމަށްޓަކައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުންރަށުންބޭރުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެ ދުވަހުގެ 2026 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
13 އޮކްޓޫބަރު 2026
ހޯދާ