ދިވެހިރާއްޖެ
1. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ހއ. އުލިގަމު ތަކުރު ހިޔާއަށް ބައެއް އިތުރުކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން، 2026 އޮކްޓޫބަރު 19ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން ރަޖިސްޓަރީކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.cloud.microsoft/r/kNqhrePB2H
3. މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރު 19ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން [email protected]ށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501013ށް ނުވަތަ 6501005ށް ގުޅުން އެދެމެވެ.
4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރު 22ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
5. ބީލަން ފޮތާއި ކުރެހުންތައް، އަދި މަސައްކަތާ ގުޅޭ އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމަނާފައި ވާނެއެވެ.
