ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ޝަހާދާ ސާނަވީ/ ޝަހާދާ އިޢުދާދީ ( ޤުރުއާން ) އިމްތިހާނުގެ ކިޔެވުން ވަޒަންކުރުމަށް ޓަކައި އެގްޒަމިނަރުން ހޯދުން

2026 ވަނަ އަހަރުގެ ޝަހާދާ ސާނަވީ / ޝަހާދާއިޢުދާދީ ( ޤުރުއާން ) އިމްތިހާނުގެ ކިޔެވުން ވަޒަންކުރުމަށް ޓަކައި އެގްޒަމިނަރުންގެ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

މަޤާމް:  އެގްޒަމިނަރުން

ބޭނުންވާ އަދަދު:  (ޤުރުއާން 4) 

 

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

2026  ނޮވެމްބަރ 23 އިން 2026  ނޮވެމްބަރ 25 އަށް

( މެންދުރު 14:00 އިން ރޭގަނޑު 20:00 އަށް)

 

އުޖޫރަ:

 މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/300 ( ތިންސަތޭކަ ) ރުފިޔާ.

ޝަރުޠު:

ޝަރުޠުތައް

1. މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.  

2. އިމްތިޙާނު ބާއްވާ އަހަރު އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން. 

3. މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދާ ފަރާތަކަށް ނުވުން.

4. ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން .

5. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން.

އެގްޒަމިނަރުންގެ  މަސްއޫލިއްޔަތު

1. ޝަހާދާ ސާނަވީ / ޝަހާދާ އިޢުދާދީ ޤުރުއާން ބަލައިގެން ކިޔުމާއި ހިތުން ކިޔުމުގެ އިމްތިޙާނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ޑީޕީއީގެ އިރުޝާދާއެކު ކުރިއަށް ގެންދިއުން

2. ޝަހާދާ ސާނަވީ/ ޝަހާދާ އިޢުދާދީ ޤުރުއާން އިމްތިހާނުގެ ބަލައިގެން ކިޔުމާއި ހިތުން ކިޔުން އިމްތިޙާނު ކުރުން.

3. ޝަހާދާ ސާނަވީ/ ޝަހާދާ އިޢުދާދީ ޤުރުއާން އިމްތިހާނުގެ ނަތީޖާ ޝީޓް ފުރިހަމަކޮށް، ފައިނަލްކުރުން

4. އެގްޒާމް ކުރިއަށް ދިޔަގޮތުގެ ރިޕޯޓް ލިޔުން

 

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

   1. ތަޢުލީމީ ފެންވަރު     % 50
   2. ކިޔަވައިދިނުމުގެ ތަޖުރިބާ % 10

   3. އިންޓަވިއު         % 40

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

އެގްޒަމިނަރުންގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  2. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  3. ވަނަވަރު
  4.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

21 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.
  • https://forms.gle/nNQ8xXZxvVhL4sPU9
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4001347 ގުޅުއްވުން އެދެމެވެ.
12 އޮކްޓޫބަރު 2026
ހޯދާ