ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ބަނޑިދޫ އިން ބަނޑާރަ ގޯއްޗަށް އެދި ހުށަހަޅުއްވާ ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ގޯތިކަނޑައެޅުމަށް ބާއްވާ ގުރުއަތުލުމާއި ގުޅޭ.

މިކައުންސިލްގެ އިޢުލާން ނަންބަރ (IUL)376/376/2025/29 އާއި ގުޅިގެން ބަނޑާރަ ގޯޗަށް އެދި ހުށަހަޅުއްވާ ޝަރުތު ހަމަވި ފަރާތްތަކުގެ ތެރެއިން ބަނޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 19 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ ރޭ 20:15 ގައި ބަނޑިދޫ އީ- ސެންޓަރުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

                  ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ޙާޟިރުނުވެވޭނަމަ ބަދަލުގައި ޙާޟިރުވާނެ ފަރާތެއްގެ ނަމާއި، އެޑްރެސް އަދި އައި.ޑީ ނަންބަރ ހިމަނައި، 19 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 14:00 ގެ މިކައުންސިލަށް ސިޓީ ހުށަހެޅުމަށް ދަންނަވަމެވެ. ގުރުއަތު ނެގުމުގެ ބައްދަލުގައި ޙާޟިރުވުމަށް ހަމަޖައްސާ ފަރާތުން ގުރުއަތު ނެގުމުގެ ބައްދަލުމުވަށް ޙާޟިރުވާންވާނީ އައި.ޑީ ކާޑު ހިއްޕަވައިގެންނެވެ. އަދި ގުރުއަތު ނެގުމުގެ ބައްދަލުވުމަށް ބަދަލުގައި އަންނާނެ ފަރާތެއްގެ މަޢުލޫމާތު ހިމަނައި ސިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ ބަދަލުގައި ގުރު ނަގާނީ ގޯތި ކޮމެޓީން ކަނޑައަޅާ ގޯތި ކޮމެޓީގެ މެމްބަރެކެވެ. މި އިޢުލާނާއެކު ގޯތި ތަކުގެ ނަންބަރ (1 ން 88 އަށް) ޖަހާފައިވާ ޗާޓް އާއްމުކުރީމެވެ.

            ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.   

12 އޮކްޓޫބަރު 2026
ހޯދާ