އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސ. މީދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ 08 (އަށެއް) ބޮޑު ދޮރު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

       މިކޯޓު އިމާރާތުގައި މިހާރު ހުރި 08 (އަށެއް) ބޮޑު ދޮރު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިހާރު އިމާރާތުގައި ހަރުކޮށްފައި ހުރި 08 (އަށެއް) ބޮޑު ދޮރު ރައްކާތެރިކަމާއެކު ނެގުން.
  2. އައު ދޮރުތައް ހަރުކުރުމަށްޓަކައި ރާނަންޖެހޭ ތަންތަން ރޭނުމާއި، ސިމެންތިޖަހައި ދާރަހެދުމުގެ މަސައްކަތް ފުރިހަމަކުރުން.
  3. މި ކޯޓުން ޙަވާލުކުރާ އައު ދޮރުފަތްތައް ހަރުކުރުމުގެ މަސައްކަތް.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުން

19 އޮކްޓޫބަރު 2026 (ހޯމަ)

13:00

ބިޑް ހުށަހެޅުން

25 އޮކްޓޫބަރު 2026 (އާދީއްތަ)

13:00

ތަން: ސ.މީދޫ މެޖިސްޓްރޭޓް ކޯޓް

ސުވާލެއްވާނަމަ މެއިލް ކުރެއްވުމަށް:  [email protected]

 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 6895727 އަށް ގުޅުއްވުން އެދެމެވެ.

12 އޮކްޓޫބަރު 2026
ހޯދާ