ދިވެހިރާއްޖެ
އިޢުލާނު
ނީލަން ކިޔުމާބެހޭ
މި އިދާރާގެ ނަމްބަރު: (IUL)362/362/2026/16 ( 18 އޯގަސްޓް 2026 ) އިޢުލާނުގައިވާ ނީލަމުގައި އެކަށީގެންވާ ޢަދަދަށް މީހުން ބައިވެރިވެލައްވާފައިނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން ނީލަމަށް ހުޅުވާލަމެވެ.
ތިރީގައިމިވާ ތަކެތި ނީލަން ކިޔުން އޮންނާނީ 22 އޮކްޓޫބަރު 2026 ވާ ( ބުރާސްފަތި ) ދުވަހު މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި މި ނީލަމުން ތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެލެއްވުމަށް ދަޢުވަތު އަރުވަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ނަންބަރު |
ތަފުޞީލު |
ހުރިތަން |
ފެށޭ އަގު |
ފަހަރަކު އިތުރުކުރެވޭޢަދަދު |
|
1 |
ރުއްބުރިތަކެއް |
ބަށިކޯޓު ގެ އުތުރާއި ދެކުނުން އަތިރިމަތީ |
30 |
5 |
|
2 |
ރުއްބުރިތަކެއް |
ރެޑިއަމްގެއާދިމާ އަތިރިމަތީ |
30 |
5 |
|
3 |
ރުއްބުރިތަކެއް |
ރެޑިއަމްގެއާދިމާ އަތިރިމަތީ (2ބައި) |
50 |
5 |
|
4 |
1 ރުއް |
ފާލަމުގެ ދެކުނުން މޫދުގައި |
20 |
5 |
|
5 |
2 ރުއް ބުރި |
ފާމަސީގެ ހުޅަނގުން މަގުއަރިމަތީ |
20 |
5 |
|
6 |
ރުއްތަކެއް (6 ޖަހާފައި) |
ރައްބުރިކުރިމަގު ޕަންޕްސްޓޭޝަން ގެ ހުޅަނގުން |
15 |
5 |
|
7 |
ރުއްބުރިތަކެއް |
އަބްދުއްރަޝީދު އާދަމްގެ ދަޑުގެ ދެކުނުން |
50 |
5 |
|
8 |
1 ރުއް ކުރިވެއްޓިފައި |
އަހްމަދު ޖަލީލު ދަނޑުގެ އަރިމަތީ |
15 |
5 |
|
9 |
ދިއްގައި ދަރުތަކެއް |
ރައްބުރިކުރިމަގު ދެކުނު އަރިމަތީ (ޕަންޕް ސްޓޭޝަމާދިމާ) |
50 |
5 |
|
10 |
ރުއްތަކެއް |
އިތާގެއާދިމާ ދެކުނު ވަލުތެރޭ |
15 |
5 |
|
11 |
ރުއްތަކެއް |
ވެޔޮދޮށުމަގު އުތުރު އަރިމަތީ |
15 |
5 |
|
12 |
ހަލާކުވެގެން ނަގާފައިވާ 5 ބެޓެރި 45AH 12V |
އައު ކައުންސިލްގެ އިދާރާ |
50 |
5 |
|
OP15 |
1 ރުއް |
އައު ކައުންސިލް އިދާރާގެ ދެކުނުން |
100 |
10 |
|
OP12 |
1 ރުއް |
އައު ކައުންސިލް އިދާރާގެ ދެކުނުން |
100 |
10 |
|
OP10 |
1 ރުއް |
އައު ކައުންސިލް އިދާރާގެ ދެކުނުން |
100 |
10 |
|
OP9 |
1 ރުއް |
އައު ކައުންސިލް އިދާރާގެ ދެކުނުން |
100 |
10 |
|
OP7 |
1 ރުއް |
އައު ކައުންސިލް އިދާރާގެ ދެކުނުން |
100 |
10 |
|
OP4 |
1 ރުއް |
އައު ކައުންސިލް އިދާރާގެ ދެކުނުން |
100 |
10 |
ނީލަމުން ތަކެތި ނަންގަވާ ފަރަތްތަކުން، ނީލަން ނިމޭތާ ރަސްމީ 3 ދުވަހުގެތެރޭގައި ނީލަމުގެ ފައިސާ މިއިދާރާގެ ނަންބަރު: 7709700432004 (1409 ޚަރަދު 2) އެކައުންޓަށް ޖަމާކުރެއްވުމަށްފަހު ފައިސާ ޖަމާކުރެއްވި ސްލިޕް 7643344 ނުވަތަ 9522023 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ.
އަދި ނީލަންނިމޭތާ 60 ދުވަހުގެތެރޭގައި ކަނޑަންޖެހޭ ރުއްތައް ކަނޑައި ބިން ސާފުކުރަން ވާނެއެވެ. އެހެނިހެން ތަކެތި 15 ދުވަހުގެތެރޭގައި ނަގައި ބިން ސާފުކުރަން ވާނެއެވެ. ކަނޑަންޖެހޭރުއްތައް ބިމާއިހަމައިން ބުރިކޮށްލެވިދާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
01 ޖުމާދަލްއޫލާ 1448
