ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (IUL)197-A2/197/2026/46 (26 އޮގަސްޓު 2026) އިޢުލާނުން މި ކޯޓަށް 2 އޭސީ (ސީލިންގ މައުންޓް އަދި ވޯލްމައުންޓް) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމުންނާއި މިނިމަމް ރިކުއަޔަރމަންޓަށް ނުފެތޭތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 21 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
