ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ.ކ އިން ބަށި މުބާރާތުގެ އޮފިޝަލުން ޓްރެއިނިންކުރުމާއި ގުޅޭ:

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން "ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑީވްސް" އާއި ގުޅިގެން ބަށިބޯޅަ ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި އޮފިޝަލުން ތަމްރީން ކުރުމުގެ ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްސޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ބައިވެރިން ހަމަވާނައެވެ. މި ވޯކްޝޮޕްގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން -/150 ( އެއްސަތޭކަ ފަންސާސް ރުފިޔާ ) ގެ އުޖޫރުއެއް ނެނގޭނެއެވެ.  

މި ތަމްރީނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ.

https://forms.cloud.microsoft/r/HVAWEhiWvj?origin=lprLink

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 އޮކްޓޫބަރު 2026
ހޯދާ