ދިވެހިރާއްޖެ
ހދ. ކުމުންދޫއިން ދިގުމުއްދަތައް ދަނޑުވެރިކަންކުރުމަށް 100،000 (އެއް ލައްކަ) އަކަފޫޓުގެ ބިމެއް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިން ކުއްޔަށް ދޫކުރުމަށް ބިޑު ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަށް ވަކި ބިޑު ފޮތެއްގެ ގޮތުގައެވެ. އެގޮތުން ބިޑު ހުށަހަޅާ ފޯމެއްގެ އަގަކީ 500/- (ފަސްސަތޭކަ) ރުފިޔާއެވެ. ބިޑު ހުށަހެޅޭނީ ބިޑަށް ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ބިޑު ހުށަހަޅާ ފޯމު ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑު ހުށަހަޅާ ފޯމު ގަތުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހަޅާ ފޯމު ގަތުމަށް ރަޖިސްޓްރީވުން އެދެމެވެ.
ލިންކް : https://tinyurl.com/565td8re
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
22 އޮކްޓޯބަރ 2026 (ބުރާސްފަތި) |
10:00 |
|
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
22 އޮކްޓޯބަރ 2026 (ބުރާސްފަތި) |
10:00 |
|
ފައިސާ ދައްކައި ނިންމުމުގެ ސުންގަޑި |
22 އޮކްޓޯބަރ 2026 (ބުރާސްފަތި) |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
27 އޮކްޓޯބަރ 2026 (އަންގާރަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި ޢިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ބިޑު ތައްޔާރުކުރުމަށްފަހު ބިޑު ހުށަހެޅުމަށް އެދެމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ބިޑެވެ.
