ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންބޭނުންވެއްޖެ

 

FSM-ADV-/2026/206

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެކޭނިކް

ޑިޕާޓްމަންޓް/ސެކްސަން:

އެންޖިނިއަރިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

03

މަސައްކަތުގެ ބާވަތް:

-         އުޅަނދުގެ އިންޖީނާއި ކާގޯ ޕަމްޕްތައް ރޫޅާލައި އެސެމްބްލްކުރުން

-         އުޅަނދުތަކުގެ ކަރަންޓުން ދިމާވާ މައްސަލަތައް ހައްލުކުރުން

-         މަސައްކަތު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން

-         ދިމާވާ ބްރޭކްޑައުންތަކަށް އަވަހަށް އެޓެންޑް ކުރެވޭނެ ފަރާތެއް ކަމުގައިވުން

ޝަރުތުތައް:

-         މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ އޮޓޯމޮބައިލް އެންޖިން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުން

-         ދުޅަހެއު ސިއްހަތެއްގައި ހުރި ފަރާތެއްކަމުގައިވުން

-         މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަހު މުސާރަ:

14,000ރ އާއި 16,000ރ އާއި ދެމެދު

ޑިޕާޓްމަންޓް:

ވެހިކަލް ގަރާޖް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން17  އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

12 އޮކްޓޫބަރ 2026

12 އޮކްޓޫބަރު 2026
ހޯދާ