ދިވެހިރާއްޖެ
ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ
މި ސްކޫލަށް ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަންގެ ފަރުނީޗަރު ގަންނަން ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަދަދު |
ތަފުސީލު |
25 |
ލޯ ބެކް އޮފީސް ޗެއަރ ވިތު އާރމްރެސްޓް |
6 |
މޭޒު (750x700x1500) ނުވަތަ (745x700x1500) ގެ |
2 |
ބުކް ޝެލްފް (1750x350x780) ނުވަތަ (1740x295x820) ގެ |
1 |
އޮފީސް ރިސެޕްޝަން ކައުންޓަރ (300x300x1500) ނުވަތަ (299x321x1500) ގެ |
ބަލާނެ ކަންތައްތައް
- ހުށަހަޅާ އައިޓަމުތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ފެންވަރަށެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި ސްކޫލުން ޗެކްކުރާއިރު ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެ ތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި ސްކޫލަށް ހޯދައިދޭންވާނެއެވެ.
- ތަކެތި މި ސްކޫލާ ހިސާބަށް (ރަށަށް/ހއ. އުލިގަމަށް) ފޯރުކޮށްދިނުމަކީ ބިޑް ކާމިޔާބުކުރާ ފަރާތުން ކޮށްދޭންޖެހޭ ކަމެކެވެ.
- ތަކެއްޗަށް އަގު ދެވޭނީ ހުރިހާ އައިޓަމެއް މި ސްކޫލާ ހަވާލުކުރުމުންނެވެ.
- ހުށަހަޅާ އަންދާސީހިސާބު 25 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
- އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުންނަމަ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީ ސެޓުފިކެޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އަގު އަދި މުއްދަތު ހުށަހެޅުމާއި، ބިޑަށް މާކްސް ދެވޭ ބައިތައް
- އަގު - %80 : އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ.
- ޑެލިވަރީ މުއްދަތު - % 15 : ޑެލިވަރީ މުއްދަތު ހުށަހަޅަންވާނީ ދުވަހުންނެވެ.
- ތަކެތީގެ ވޮރަންޓީ - % : ވޮރަންޓީ ހުންނަންވާނީ މަސްދުވަހުންނެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
ޑެލިވަރީ މުއްދަތު |
15% |
|
(Benchmark Delivery / Submitted Delivery) x Allocated Percentage |
ތަކެތީގެ ވޮރަންޓީ |
5% |
|
(Warranty Period / Bench Mark) x Allocated Percentage |
- ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ. ބިޑް އިވެލުއޭޓް ކުރުމަށްފަހު، ކަނޑައެޅިފައިވާ ބައިތަކުން އެންމެ މަތީ ޖުމުލަ މާކްސް ހޯދާ ފަރާތަކަށް ބިޑް ހަވާލުކުރެވޭނެއެވެ.
- ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ، މި ސްކޫލަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުށަހަޅުއްވާނީ 2016 މާރިޗު 2 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ އެ ގަޑީގައެވެ. ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅަން ދުރުވާ ފަރާތަކީ ވަކި ފަރާތަކުން ފޮނުއްވައިގެން ދުރުވާ ފަރާތެއްނަމަ އެކަން އެނގޭނެ، އެފަރާތެއްގެ ރަސްމީ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާ ގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
އުލިގަމު މަދަރުސާ
ހއ. އުލިގަން، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވާނީ، އަންދާސީހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ގަޑީގައި އެކަމަށް ހާޒިރުވި ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ ގުޅުއްވާނީ 6500548 ނަންބަރު ފޯނަށެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.