ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުން

     ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރީންގެ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމުގައި ރަށުފެންވަރުގައި ކާބޯތަކެތީގެ މަޢުރަޒެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

     ވީމާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވާން ޤަސްދުކުރާ ފަރާތްތަކުން، 15 އޮކްޓޯބަރ 2026 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ ނަމްބަރ 6520046 ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ ވައިބަރ ނަމްބަރ 7540046އަށް، ބައިވެރިވާން ބޭނުންވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަމްބަރ މެސެޖު ކުރެއްވުން އެދެމެވެ

     މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 23-24 އޮކްޓޯބަރ 2026 (ހުކުރު، ހޮނިހިރު) ދުވަހުއެވެ. މިއީ ކާބޯތަކެތީގެ އުފެއްދުންތައް އުފައްދާ މާކެޓްކުރުމަށް ލިބޭ ފުރުސަތަކަށްވާތީ، މި މަޢުރަޒުގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވުމަކީ މިކައުންސިލާއި ޑަބްލިޔުޑީސީގެ ވަރަށްބޮޑު އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2026
ހޯދާ