ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހު މާލޭގައި ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ތައްޔާރުކުރާ މާރުކޭޓްގައި ބައިވެރިވުން

  ކޮންމެ ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް މާލެ ގެނެވޭ ދުވަސްވަރަކަށް ވުމާއެކު ދަނޑުވެރިން އުފައްދާތަކެތި މާލެގެންގޮސް ވިއްކުމަށް ލުއިފަސޭހަކޮށްދިނުމަށް، 1448 ވަނަ އަހަރު ރަމަޟާންމަހު ވަގުތީ މާރުކޭޓެއް ތައްޔާރުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި އެމާރުކޭޓްގައި ވައިކަރަދޫގެ ދަނޑުވެރިންގެ އުފެއްދުން މާކެޓްކުރުމަށް ފުރުސަތު ދިނުމަށްޓަކައި އެމާރުކޭޓްގައި ތަކެތިވިއްކާނެ ފަރާތްތަކުގެ މަޢުލޫމާތު ދަނޑުވެރިކަމަބެހޭ މިނިސްޓްރީއަށް ފޮނުވުމަށް އެމިނިސްޓްރީން ވަނީ އަންގަވާފައެވެ.

ވީމާ މިރަށު ދަނޑުވެރިންގެ ތެރެއިން ރަމަޟާން މަހަށް ޚާއްސަކޮށް ތަކެތި އުފައްދަން ގަސްދުކުރާ ފަރާތްތަކުންނާއި ދަނޑުވެރި އުފެއްދުންތައް، މަތީގައި ދެންނެވުނު މާރުކޭޓްގައި ބައިވެރިކޮށް ވިއްކަން ގަސްތުކުރާ ފަރާތްތަކުން، 21 އޮކްޓޯބަރ 2026 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ ނަމްބަރ 6520046 ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ ވައިބަރ ނަމްބަރ 7540046 އަށް ބައިވެރިވާން ބޭނުންވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަމްބަރ މެސެޖު ކުރެއްވުން އެދެމެވެ.

ވައިކަރަދޫއަކީ ދިވެހި ރައްޔިތުންގެ މެދުގައި މަގުބޫލު، ރައްކާތެރި ދަނޑުވެރި އުފެއްދުން އުފައްދާ ރަށެއްގެ ގޮތުގައި އިސްތިހާރުކޮށް، ދަނޑުވެރީންގެ އުފެއްދުމަށް ހަމަ އަގު ހޯދުމުގައި މިފަދަ މާރުކޭޓްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2026
ހޯދާ