ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ތުރާކުނު ސްކޫލުގެ އައު އިމާރާތަށް ބޭނުންވާ ފަރުނީޗަރ ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ތުރާކުނު ސްކޫލުގެ އައު އިމާރާތައް ބޭނުންވާ ފަރުނިޗަރ ހޯދުމަށް

1         މިސްކޫލުގެ އައު އިމާރާތަށް ބޭނުންވާ ފަރުނިޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހުޅުވާލަމެވެ.

2         މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3         މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޫބަރ 11 ން 2026 އޮކްޓޫބަރ 19 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު ނުވަތަ އީމެއިލް: https://forms.gle/dUqRGof2gNsWC53X9

4         މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮކްޓޫބަރ 20 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5         ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގެ އޮފީހުގައެވެ.

6         ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/-ރ.(ފަސްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

7         މިބީލަމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8         މިބީލަމާއިގުޅޭ، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުރާކުނު ސްކޫލް

ހއ. ތުރާކުނު، ދިވެހިރާއްޖެ

ފޯން: 6500547

އީ-މެއިލް: [email protected]

11 އޮކްޓޫބަރު 2026
ހޯދާ