ދިވެހިރާއްޖެ
"ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026" އަންނަ ނޮވެންބަރު މަހުގެ 11 އިން 14 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ވައިކަރަދޫގައި ޤުރުއާން ކިޔެވުމުގެ ރޫހް އާލާކޮށް ޤުރުއާން ރީތިކޮށް ކިޔަވަން ދަންނަ ދަރިންތަކެއް އުފެއްދުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލެވިފައިވާ މުބާރާތެކެވެ.
ޤުރުއާންގެ ޢިލްމު ފަތުރާ އާލާކުރުމަށް މިކައުންސިލުން ކުރާ މިމަސައްކަތުގައި އިނާމުގެ ގޮތުގައި ތިޔަ ފަރާތުގެ ހިއްސާއެއް ﷲ ގެ މަގުގައި ވެދެއްވަން ގަސްދުކުރައްވާނަމަ މިކައުންސިލްގެ އެކައުންޓް ނަމްބަރ 7706700278001 (1307ރެވެނިއު 1) އެކައުންޓަށް އެފަދަ އެހީއެއްގެ ފައިސާ 28 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން ޖަމާކޮށްދެއްވުން އެދެމެވެ. އަދި ފައިސާ ޖަމާކުރައްވާނަމަ، ފައިސާ ޖަމާކުރެއްވުމަށްފަހު ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މިކައުންސިލްގެ ނަމްބަރ 7540046 އަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9123824 އަށް ގުޅުއްވުން އެދެމެވެ.
