|
1- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.
2- މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.
3- މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމުގައި ޤާޟީންނަށް އެހީތެރިވެދިނުން.
4- ޤާޟީގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަނުގެ މަސައްކަތްތައް ވިލަރެސްކުރުން.
5- ކޯޓުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓުކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން.
6- މުއްދަތުދޭ މީހުންގެ ފޯމްތައް ދުވަހުން ދުވަހަށް ކޮމްޕިއުޓަރަށް އެންޓަރ ކުރަމުން ގެންދޭތޯ ބެލުން.
7- ރަސްމީގަޑީގައި ކޯޓުއަމުރަށް އެދި ހުށަހެޅުމުން ޑިއުޓީ ހަމަޖެހިފައިވާ ޤާޟީއަށް ދަންނަވައިގެން ވީހާވެސް އަވަހަށް އެކަން ނިންމައިދިނުމުގެ ކަންކަން ސުޕަވައިޒުކޮށް ބެލެހެއްޓުން.
8- ނުރަސްމީގަޑީގައި ކޯޓުއަމުރެއް ހޯދުމަށް ޕޮލިހުން ފޯނުކޮށްފިނަމަ، ލަސްނުކޮށް ޑިއުޓީހަމަޖެހިފައިވާ ޤާޟީއަށް ގުޅައިގެން ކޯޓްއަމުރުގެ ކަންތައް ހަމަޖައްސައިދިނުމުގެ ކަންތައްތައް ކުރިއަށްދާގޮތް ބެލުން.
9- މުއްދަތު އިތުރުކުރުމުގެކުރިން ޕޮލިހުން ފޮނުވާ ލިސްޓްގައިވާ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް އޮތްތޯ ނެތްތޯ ބަލާޗެކްކުރުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުން.
10- މުއްދަތު އިތުރުކުރުމުގެ ކުރިން ޕޮލިހުން ފޮނުވާ ލިސްޓްގައިވާ މީހަކު ޝަރުޠާ ޚިލާފްވެފައިވޭތޯ ބަލާޗެކްކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުން.
11- މުއްދަތުގެ މަސައްކަތުގެ ތަފާސް ހިސާބު ހަދާ ކޮންމެމަހެއް ނިމުމުން ޕްރިލިމިނަރީ ސްކްރީނިންގ ސެކްޝަނާއި ޙަވާލުކުރެވޭތޯ ބަލާ ފެންނަ ލަފަޔާއި މަޝްވަރާ ދިނުން.
12- ޝަރީޢަތް ނިމެންދެން ބަންދުގައިތިބޭ މީހުންގެރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުން.
13- މުއްދަތުދޭމީހުންގެ ތެރެއިން ބަންދުގައި ހުންނަ މީހެއްގެ މައްސަލައެއް އޮތްކަން އެނގިއްޖެނަމަ، ލަސްނުކޮށް ސެކްޝަންތަކަށް އަންގާ އެމައްސަލައަށް އަވަސް ދުވަހަކަށް ކިޔުމަށް އެންގުމުގެ އިންތިޒާމްތައް ހަމަޖައްސާތޯ ބެލުން.
14- މުއްދަތު މަސައްކަތް ހިނގާގަޑީގައި، ޑިއުޓީ މަސައްކަތްކުރާ މުވައްޒަފުން، އެމަސައްކަތްކުރާ ނުކުރާގޮތްބަލާ އެމީހުންނަށް އެހީތެރިވެދިނުމުގެ ކަންތައްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
15- ޝަރުޠު ގެދަށުން ސޮއިކުރާގޮތަށް ދޫކޮށްފައިތިބޭމީހުން ސޮއިކުރުވުމުގެ ކަންތައް ކުރިއަށް ގެންދާގޮތް ބެލުން.
16- ކޯޓަށް ހުށަހެޅޭ މައްސަލަތާކާއި، ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އިންތިޒާމްތައް ހަމަޖައްސާ އެމަސައްކަތް ކުރިއަށް ގެންދިއުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
17- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ކޯޓުންބެލޭނެ މައްސަލަތަކާއި ނުބެލޭނެ މައްސަލަތައް ފާހަގަކުރުމާއި، ބަލައި ނުގަތުމަށް ނިންމާ މައްސަލަތައް ސަބަބު ބަޔާންކޮށް ނިންމުން ތައްޔާރުކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ކޯޓަށް ބަލައިގަނެވޭ މައްސަލަތައް ޤާޟީންނަށް ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
18- ޝަރީޢަތްކުރާ ސެކްޝަންތަކުން ހިންގާ މައްސަލަތައް ތާވަލުކޮށް، ދުވަހު ތާވަލު ވެބަސައިޓްގައި އާންމުކޮށް ފެންނަން ހުނަނާނެގޮތަށް ކަންތައްތައް އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމުގައި ރަޖިސްޓްރަރއަށް އެހީތެރިވެދިނުން.
19- ކޯޓުގެ ޤަވާޢިދުތަކާއި ޕޮލިސީތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ އެންމެހާ ކަންކަންކުރުމުގައި ރަޖިސްޓްރަރއަށް އެހީތެރިވެދިނުން.
20- ކޯޓުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓުކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން.
21- މީގެ އިތުރުންވެސް ކޯޓުން އަންގަވާ ކޯޓުގެ އެހެނިހެން މަސައްކަތްތައް ކުރުން.
|