ދިވެހިރާއްޖެ
ތ.އަތޮޅު ޕަބްލިކް ވޯރކްސް ޔުނިޓް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ކައުންސިން ހަމަޖައްސާފައިވާ ބިމަކީ، އާނުގަނޑުމަގުގެ އިރުން ވޭމަންޑޫ ނަރުދަމާ ސައިޓްގެ ދެކުނުންވާންއޮތް ހުސްބިމެވެ. ބިންދައްކުވައިދޭ ކުރެހުން (ޗާޓް) މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 31 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.
