މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަ - ހިއުމަން ރިސޯސަސް، ބިޒްނަސް ސަޕޯޓް ސާވިސަސް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

01 އަހަރު ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިއުމަން ރިސޯސަސް، ބިޒްނަސް ސަޕޯޓް ސާވިސަސް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ

4،100.00 ރުފިޔާ  

އިތުރު ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް:2،460.00 ރުފިޔާ
  • މިނިމަމް ވޭޖް އެލަވަންސް: 2،829.00 ރުފިޔާ
  • ޕްރޮފެޝަނަލް އެލަވެންސް:
  • ޑިގްރީ ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
  • ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބިދޭސީ މުވައްޒަފުން ގެ ވަޒީފާ ދިނުމާއި ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުން.
  • ބިދޭސީ މުވައްޒަފުންގެ ވަޒީފާ ބަދަލްކުރުމުގެ ކަންތަށް ކުރިއަށް ގެންދިއުން.
  • ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް ހެދުން.
  • ބިދޭސީ މުވައްޒަފުނގެ ވޯރކް ވިސާ، ވިސާފީ އަދި ޕާސްޕޯޓް ތައް ހަމައަށް ހުރިތޯ ބަލައި ޗެކްކުރުން.
  • އެރައިވަލް އަދި ޑިޕާޗަރގެ ކަންތަށް ބެލެހެއްޓުން.
  • ފެލިވަރަށް އަލަށް ވަޒީފާ އަށް އަންނަ ބިދޭސީ މުވައްޒަފުނަނަށް އިންޑަކްޝަން ޓްރެއިނިންގ ހިންގުން.
  • ބިދޭސީ މުވައްޒަފުން ޗުއްޓީއަށް ފޮނުވުމާއި ގެނައުމުގެ ކަންތަށް ބެލެހެއްޓުން.
  • ބިދޭސީ މުވައްޒަފުންނަށް ބޭންކް އެކައުންޓު ހުޅުވައި ދިނުމުގެ މަސައްކަތްކުރުން.
  • ބޭންކް އަދި މެޑިކަލް ދަތުރުފަތުރު ހަމަޖައްސައި ދިނުން.
  • ޓްރެވަލް ރިކުއެސްޓް ހެދުމާއި އޮފިޝަލް ދަތުރު އަދި ޓިކެޓްގެ ކަންތަށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ   [email protected]އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 އޮކްޓޯބަރ 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

11 އޮކްޓޫބަރު 2026
ހޯދާ