ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޓޯލް ޗެމްޕިއަންޝިޕް 2027/2026 ގައި ބައިވެރިވާ ނޮޅިވަރަމުގު ޓީމް ހިންގައިދޭނެ ފަރާތެއް ހޯދުން

        އެޓޯލް ޗެމްޕިއަންޝިޕް 2027/2026 ގައި ބައިވެރިވެފައިވާ ނޮޅިވަރަމުގެ ޓީމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)264/PRIV/2026/97 (28 ސެޕްޓެންބަރު 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

        ޕްރޮޕޯސަލް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 20 އޮކްޓޫބަރު 2026 ވާ (އަންގާރަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މި އިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. 

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/3djJ1J2r6p8TWB5H8

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

20 އޮކްޓޫބަރު 2026 ވާ (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

21 އޮކްޓޫބަރު 2026 ވާ (ބުދަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

        ޕްރޮޕޯސަލް ހުށަހެޅޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ރެޖިސްޓްރީކޮށް ހިންގަމުންދާ ކުލަބު، ޖަމިއްޔާ ޖަމާއަތްތަކަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް:[email protected]

11 އޮކްޓޫބަރު 2026
ހޯދާ