ބ. ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

 ނަންބަރު: GS-138/IUL/2026/P04   

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-427545

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 4 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދޮންފަނު ސްކޫލް، ބ.ދޮންފަން

މުސާރަ:

8505.00 ރުފިޔާ

މަގާމުގެ އެލަވަންސް:

2555.00 ރުފިޔާ

ހާޒިރީ އިނާޔަތް

70.00 ( ޙާޒިރުވާ ދުވަހަކަށް )

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން   އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރިންސިޕަލްގެ މަސައްކަތްތަކުގައި ހިމެނޭ އިދާރީ ޒިންމާތައް އަދާކުރުމުގައި ޕްރިންސިޕަލަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ސްކޫލުން ޢަމަލުކުރާ އުސޫލުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތްކުރުމާއި، ސްކޫލްގެ މަސައްކަތްތައް އޮމާންކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
  2. ޕްރިންސިޕަލް ދުވަހުންދުވަހަށް އަދާކުރާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް މަސްއޫލިއްޔަތުތައް އިންތިޒާމުކުރުން. އެގޮތުން ކޮންމެ ދުވަހަކު ޕްރިންސިޕަލްއާ ބައްދަލުކޮށް އެ ދުވަހެއްގެ ޝެޑިއުލް އިސްކަންދޭ ތަރުތީބުން ކަނޑައެޅުމާއި، ޚަރަދު ހިނގާނެ ކަންތައްތައް ފާހަގަކޮށް ހަމަޖެހިފައިވާ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުން.
  3. ސްކޫލަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ކިއުން؛ ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި އެފަދަ ކޯލްތައް ކަމާބެހޭ ފަރާތަކަށް ރޫޓް ކުރުން؛ މެސެޖުތައް ނަގައި އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން؛ ސްކޫލުގެ އުސޫލުތައް ސާފުކޮށްދިނުން؛ ސްކޫލުން ހިންގާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން.
  4. ޓީޗަރުން ހާޒިރުނުވާ ދުވަސްދުވަހު ސަބްސްޓިޓިއުޓުން ހަމަޖެއްސުމުގެ މަސައްކަތް ކޯޑިނޭޓްކުރުން؛ ބަދަލު ޓީޗަރުންނަށް ޓައިމްޝީޓް އަދި ސަބް ފޯލްޑަރ ތައްޔާރުކުރުން؛ ބަދަލު ޓީޗަރުންނަށް ޓައިމްޓޭބަލްތައް ފޯރުކޮށްދިނުން؛ ޓީޗަރުން ހާޒިރުނުވާ ދުވަސްތަކުގެ ލޮގް ބެލެހެއްޓުމާއި، ބަދަލު ޓީޗަރުންގެ ޓައިމްޝީޓްތައް ބެލެހެއްޓުން؛ ޓީޗަރުން ހާޒިރުނުވާ ދުވަސްދުވަހު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  5. ސްކޫލްގެ ރަސްމީ އީމެއިލްއަށް އަންނަ އީމެއިލްތައް ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި ޖަވާބުދޭންޖެހޭ އީމެއިލްތަކަށް ޖަވާބުދިނުން؛ ސިޓީއާއި ލިސްޓްތަކާއި ރިޕޯޓްތަކާއި ފްލަޔަރތަކާއި ފޯމްތަކާއި އެފަދަ ތަފާތު ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި ފީޑްބެކް ހޯދަންޖެހޭ ފަރާތްތަކުގެ ލަފަޔާއެކު ފުރިހަމަކުރުން؛ ސްކޫލުން އާންމުކުރާ ތަކެތި ޕްރޫފްރީޑް ފުރިހަމަކުރުން؛ ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލް ހިންގުމާގުޅޭ ތަފާތު ރިޕޯޓްތަކާއި ފައިލްތަކާއި ޑޭޓާ ތައްޔާރުކޮށް ޞައްޙަކޮށް ބެލެހެއްޓުން.
  6. ސްކޫލަށް އަލަށް ބަދަލުވާ ދަރިވަރުންގެ އެންރޯލްމަންޓް އަދި ސްކޫލުން ބަދަލުވާ ދަރިވަރުންގެ ލިޔެކިޔުންތައްޕްރޮސެސްކުރުން؛ އެކަޑަމިކް ޓަރމް ނިމުމުން ރެކޯޑްތައް އަދާހަމަކުރުން.
  7. ދަރިވަރުންގެ ގްރޭޑްތަކާއި ޓްރާންސްކްރިޕްޓް މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ ދަރިވަރުންގެ ރެކޯޑާއި ޓްރާންސްކްރިޕްޓް ރިކުއެސްޓްތަކަށް ޖަވާބުދިނުން؛ ދަރިވަރުންގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  8. ސްކޫލް ބޯޑުގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރިންސިޕަލާއި، މުވައްޒަފުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް އިންތިޒާމުކޮށް ކޯޑިނޭޓްކުރުން؛ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުން ނުވަތަ އެޑްމިނިސްޓްރޭޓަރަށް އެކަމެއް ރިފަރކުރުން.
  9. ޕްރިންސިޕަލްގެ ކަލަންޑަރު ޝެޑިއުލް ބެލެހެއްޓުން. އެގޮތުން ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ މެމްބަރުން އެދޭ އެޕޮއިންޓްމަންޓް ތާވަލުކުރުން؛ އެކިއެކި ގްރޫޕްތަކާއި ޖަމިއްޔާތަކާ ބައްދަލުވުންތައް އިންތިޒާމުކުރުން؛ ބައްދަލުވުންތައް ބާއްވާ ކޮޓަރިތައް ބުކްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  10. މުވައްޒަފުންގެ އިވެލުއޭޝަން ލޮގްތައް ބެލެހެއްޓުމާއި، އިވެލުއޭޝަންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި ކޯޑިނޭޓްކުރުން.
  11. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމާއި، އިންޓަވިއުތައް ޝެޑިއުލްކޮށް އިންޓަވިއު ސެޝަންތަކަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރުން؛ އައު މުވައްޒަފުން މަސައްކަތް ފެށުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  12. ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުއްލި ހާލަތާއި ކާރިސާތަކަށް ތައްޔާރުވުމުގެ ޑްރިލްތައް ކޯޑިނޭޓްކޮށް ހިންގުމާއި؛ ތަޅާފޮޅުމާއި، ވައްކަންކުރުންފަދަ ކަންކަމުގައި ފުލުހުންނާ މުއާމަލާތްކުރުން.
  13. ފީލްޑް ޓްރިޕްތަކާއި، ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ފެއަރތަކާއި، ކޮންސެޓްތަކާއި، ގްރެޖުއޭޝަންތަކާއި އެފަދަ އިވެންޓްތައް ޝެޑިއުލްކޮށް ކޯޑިނޭޓްކުރުމުގައި ބައިވެރިވުން؛ އަދި އެފަދަ އިވެންޓްތަކަށް ތަކެތި ހޯދުމާއި، ބައިވެރިންނަށް އެންގުމާއި، ފީ ބަލައިގަތުން.
  14. ސްކޫލްގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން؛ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުން؛ ރިކުއިޒިޝަންތައް ޕްރޮސެސްކުރުމާއި ރިކުއިޒިޝަން އޯޑަރުގެ ރިޕޯޓްތައް ބެލެހެއްޓުން.
  15. ސްކޫލްގެ އިމާރާތާއި ކްލާސްރޫމްތަކުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.
  16. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްގެ މުވައްޒަފުންނަށް ތަޅުދަނޑިއާއި އެލާމް ކޯޑް ދޫކުރުން؛ ސެކިއުރިޓީއާބެހޭ މަޢުލޫމާތު ފައިލް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ   ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮގުތައް

  • އެކައުންޓިންގ  
  • އެކައުންޓިންގ ޓެކްނީޝަން  
  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް  
  • ބިޒްނަސް އެކައުންޓިންގ  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  • ބިޒްނަސް މެނޭޖްމަންޓް  
  • ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  • ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  • ކޮމްޕިއުޓަރ ސައިންސް  
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓިންގ  
  • ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  • ފައިނޭންސް  
  • ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • އިންވެންޓްރީ މެނޭޖްމަންޓް  
  • ލޮޖިސްޓިކްސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް  
  • ނެޓްވަރކިންގ  
  • އޮޕަރޭޝަންސް މެނޭޖްމަންޓް  
  • ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  • ޕްރޮކިއުމަންޓް މެނޭޖްމަންޓް  
  • ޕްރޮގްރާމިންގ  
  • ޕްރޮޖެކްޓް މެނޭޖްމަންޓް  
  • ޕަބްލިކް އެކައުންޓިންގ  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް މެނޭޖްމަންޓް  
  • ޕާޗޭސިންގް  
  • ކޮންޓިޓީ ސާވޭއިންގް  
  • ސޮފްޓްވެއަރ އިންޖިނިއަރިންގ  
  • ސަޕްލައި ޗެއިން މެނޭޖްމަންޓް  
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  • ވެބް ޑިވެލޮޕްމަންޓް

 

 މަޤާމުގެ  ޕްރިފަރޑް ޑިސިޕްލިން:  ނެތް

 މަޤާމުގެކޯޑިސިޕްލިން   : ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާތައް:

 

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ   މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި   އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

 އިންޓަރވިއު

35

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮކްޓޯބަރ 2026 ގެ 14:00 ކުރިން، ބ ދޮންފަނު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 20 އޮކްޓޯބަރ 2026 އާއި 22 އޮކްޓޯބަރ 2026 އާއި ދެމެދު، ބ ދޮންފަނު ސްކޫލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6601002 އަށެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

 

11 އޮކްޓޯބަރ 2026

 

 

 

 

 

 

11 އޮކްޓޫބަރު 2026
ހޯދާ