އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމާއި ޓީމްލިސްޓް ހުށަހެޅުމުގެ ފުރުޞަތު ހުލުވާލުން

"ފެންފުށީ ޒުވާނުންގެ ފުޓްބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމަށް އެދިލައްވާ ޓީމްތަކުން 29 އޮކްޓޯބަރ 2026 ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އދ. ފެންފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވާ ޓީމްތަކުން 8 ނޮވެންބަރު 2026 ދުވަހުގެ 13:00 ގެ ކުރިން ޓީމްލިސްޓް އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޓީމްރަޖިސްޓަރީކުރުމަށް އެދޭ ފޯމާއި ޓީމްލިސްޓް ހުށަހަޅާ ފޯމް އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

11 އޮކްޓޫބަރު 2026
ހޯދާ