ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: PC/308/2026/13
މިކައުންސިލުން ދޫކޮށްފައިވާ މަސްކައްކާ ހިއްކާ ބިންތަކުގެ ވަށައިގެން ފެންސްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ ތަފްޞީލް
- ފެންސްޖަހާ ސަރަޙައްދުގެ ބިންގަނޑު ލެވަލްކުރުން.
- އެނެކްސް 1 އަދި 2 ގައިވާ ކުރެހުންތަކާއި އެއްގޮތަށް، 1.5އިންޗި، ދަގަނޑު ހޮޅިން ފެންސްހަދައި، ގޭޓްތައް ހަރުކުރުން.
- ފެންސްގެ ހުރަހަށް 9’.5’’ ފޫޓުން ހޮޅިޖެހުން. (ބިމަށްޖަހާ ހޮޅި) ހޮޅީގެމަތި ބަންދުކުރަންވާނެއެވެ.
- ހޮޅި އަޅާނީ ވެލްޑިންކޮށްގެންނެވެ.
- ފެންސާއި ގޭޓުތަކުގެ ބޭރުގައި އާދައިގެ ޓިނުޖެހުން. ޓިނުޖަހާނީ އެންގަލް ކޮއްޗޭ އިސްކުރު ބޭނުންކޮށްގެންނެވެ. އެގޮތުން ހުރަހަށް އަޅާފައިވާ 3 ހޮޅިން 1×1 ފޫޓުން، އެންގަލް ކޮއްޗޭ އިސްކުރު ޖަހަންވާނެއެވެ.
- ފެންސްގެ އުސްމިން: ބިމުލެވަލްއިން 6 އިންޗި އުސްމިނުގައި 7 ފޫޓްގެ ފެންސްޖެހުން.
- ދީފައިވާ ކުރެހުމާއިއެއްގޮތަށް ކޮންމެ ބިމަކަށް މަގުމަތިން ވަދެވޭގޮތަށް ގޭޓެއް ހަދައި ހަރުކުރުން.
- ވެލްޑިންކުރަންޖެހޭ ތަންތަނުގެ ވެލްޑިންގަނޑުގައި ރެޑްލެޑު ލުމާއިއެކު ހޮޅިތަކާއި ފެންސްގެ ދެފަރާތުން އަޅިކުލައިގެ މެރިންދަވާދެއްލުން.
- ބުޑުގެ މިން:- 1×2×1 ފޫޓް
- ކޮންކުރިޓްގެ ރޭސިއޯ:- 1:2:3 ސިމެންތި،ހިލަވެލި ،ހިލަ
- ފެންސްގައި ޖަހާ ޓިނު: އާދައިގެ މަގުހިމަ، ދަގަނޑު ޓިނު (ގަދަޓެގު)
- ކަން ލަނބަންޖެހޭ ތަންތަން، 10 ފޫޓުން ލެނބުން.
|
ރަޖިސްޓްރީކުރުން |
2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. މަސްކައްކާ ހިއްކާ ބިމުގައި ފެންސްޖެހުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
|
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"ފެންސްޖެހުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް.
- ޓެކްސް ކުލިއަރެންސް ރިޕޯޓް.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ:
- އަގު %80
- ތަޖުރިބާ: ދިހަ އިންސައްތަ
- މުއްދަތު: ދިހަ އިންސައްތަ
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
- ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
- ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
