ފެލިދެއަތޮޅު ރަކީދޫ މެޖިސްޓްރޭޓް ކޯޓް، ވ. ރަކީދޫ
ދިވެހިރާއްޖެ
ބޭނުންކޮށްފައިވާ ބައުތަކެތި ނީލަންކިޔުން

         މި ކޯޓުގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް 11 އޮކްޓޫބަރު 2026 ވަނަ ދުވަހު ކުރެވުނު މިކޯޓުގެ ނަންބަރު 621-A/2026/3 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެތަކެތި އަލުން ނީލަންކިޔުން 18 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

        ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 18 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

        ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

        ނީލަމުން ނަންގަވާ ތަކެތި 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ގެންދަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 އޮކްޓޫބަރު 2026
ހޯދާ