ދިވެހިރާއްޖެ
އިޢުލާނު
ކުނިކަހާ ސަރަހައްދުގައި ޖަހާނެ ނަންބަރުބޯޑުތައް ހަދައިދޭނެ ފަރާތެއް ހޯދުން.
ކުނިކަހާ ސަރަހައްދުގައި ޖަހާނެ ނަންބަރުބޯޑުތައް ހަދައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ނަންބަރުބޯޑުތައް ހަދަން ވާނީ، ޕްލާސްޓިކް ޝީޓް ނުވަތަ ކްލެޑިންގ ޝީޓް ގައެވެ. ނަންބަރު ސެޓެއްގައި ( ނަންބަރު 1 އިން 20 އަށް ) ހިމެނޭހެން ޖުމްލަ: 10 ސެޓް ހަދަންވާނެއެވެ. ނަންބަރު ބޯޑުގެ މިންތަކާއި، ސްޓޭންޑުގެ މިންތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 11:00 ގެ ކުރިން މ.ރަތްމަންދޫ ކައުންސިލް އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected] އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720602 ، 7910981 އަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ރަބީޢުލްއާޚިރު 1448
