ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާން – ބަޖެޓް ސެކްޝަން

މަޤާމް :އިންޓާން – ބަޖެޓް ސެކްޝަން
ބޭނުންވާ އަދަދު :1

މަގާމު:                  

ބޭނުންވާ ޢަދަދު:

ބޭނުންވާ މުއްދަތު:

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

އިންޓާން – ބަޖެޓް ސެކްޝަން

1 (އެކެއް)

06 މަސް

ބަޖެޓް ސެކްޝަން

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ޙާޟިރުވާ ކޮންމެ ދުވަހަކަށް -/330 ރުފިޔާ

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ބަޖެޓު ޔުނިޓުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. އޮފީސް ޖެމްސް އާއި މެއިލް ޗެކުކޮށް ޖަވާބުދާރީވުމާއި، އަދި ބަޖެޓް ޔުނިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުން ގެޒެޓްކުރާ ގަވާއިދުތަކާއި ސަރކިއުލަރ ފަދަ ލިޔެކިޔުންތައް ހޯދާ އެއާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުން.
  3. މި އޮތޯރިޓީއަށް ހުށަހެޅޭ ބިލްތައް ވެރިފައިކޮށް، ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުން
  4. މި އޮތޯރިޓީގެ މުވައްޒަފުންނަށް މަހުން މަހަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައިވާ މުއްދަތަށް ލިބިދިނުމުގެ ގޮތުން ބަޖެޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. މި އޮތޯރިޓީގެ ޔުޓިލިޓީ ބިލް (ކަރަންޓް، ފެން، ފޯނު، އިންޓަރނެޓް، މީޑިއާނެޓް) ތަކާއި އަހަރީ ފީ އަދި ސަބްސްކްރިޕްޝަން ދައްކަންޖެހޭ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މަސައްކަތްތައް ކުރުން.
  6. މި އޮތޯރިޓީއަށް ލިބޭ އާމްދަނީ އާއި އެހެނިހެން ހިލޭ އެހީތައް ސަރުކާރުގެ ގަވާއިދާއި އަދި މި އޮތޯރިޓީން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބަލައިގަނެ، ޖަމާކުރަންޖެހޭ ފައިސާއެއް ނަމަ، ކަނޑައެޅިފައިވާ އެކައުންޓަށް ޖަމާކުރުން.
  7. ތިޖޫރީ ހިސާބު ދުވަހުން ދުވަހަށް ބާކީކޮށް ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޕެޓީކޭޝްގެ ރެކޯޑްސްތައް ބަލަހައްޓާ ޕެޓީކޭޝް އިން ޚަރަދު ކުރެވޭގޮތް ބަލަހައްޓާ ގަވާއިދުން ރިޕްލެނިޝް ކުރުމުގެ ކަންކަން ކުރުން
  8. އިމަރޖެންސީ ޕެޓީ ކޭޝް ފުރިހަމަ ޢަދަދުގެ %50 އަށް ވުރެ ދަށްވިޔަނުދީ ބެލެހެއްޓުން.
  9. މި އޮތޯރިޓީގެ ޚަރަދު ރިޕޯޓްތަކާއި، ފައިނޭންޝަލް ސްޓޭޓްމަންޓްތައް އަދި މާލީ ބަޔާން ގަވާޢިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހާ ފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތަށް ފޮނުވުން.
  10. ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގެ ހިސާބުތައް ބަލަހައްޓާ ފަންޑްގެ ސްޓޭޓްމަންޓް އަހަރަކު އެއްފަހަރު ތައްޔާރުކޮށް ވެރިންނަށް ހިއްސާކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  11. މުވައްޒަފުން ރާއްޖޭން ބޭރަށާއި ރާއްޖޭގެ އަތޮޅުތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި ދޭންޖެހޭ ޕޮކެޓްމަނީ އާއި އެލަވަންސް ދިނުމުގެ ކަންކަން ހަމަޖެއްސުން އަދި މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލު ކުރެވޭ މަސައްކަތް ކުރުން.

މަގާމުގެ ޝަރުތުތައް:

  • ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސް ވެފައިވުން (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން)، ނުވަތަ
  • އޭލެވެލް ފުރިހަމަ ކޮށްފައިވުމާއެކު (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން).

ނޯޓް: މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިންޓާންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. އިންޓާންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  20 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

11 އޮކްޓޫބަރު 2026
ހޯދާ