ދިވެހިރާއްޖެ
ހިދާޔާ ސްކޫލް
ނ.މިލަދޫ
ދިވެހިރާއްޖެ
ނަމްބަރު:GS116(IUL) /2026/26
އެކްޓިވިޓީ ޔުނީފޯމާއި ސްކޫލްގެ ރަސްމީ ޔުނީފޯމްގެ ޓައީ ތައްޔާރު ކުރުމާއި ގުޅޭ
މިސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއި ރަސްމީ ޔުނީފޯމުގެ ޓައީ ތައްޔާރުކުރަން ބޭނުންވެގެން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 17 އޮގަސްޓް 2026ގައި މިސްކޫލުންކުރެވުނު 23/2026/GS116(IUL) ނަންބަރު އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީއާއި އެފަރާތުން ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިގޮތުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫންނަމަބަރު: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ(ޤާނޫން ނަންބަރު:2014/19 ) ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކަށް މިސްކޫލަށް ވަޑައިގެން، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް 14 އޮކްޓޫބަރ 2026 ގެ 13:30 ގެ ކުރިން ފޯމްހުށައެޅުއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/8z9mBRWKaPepo7QX7
|
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
|
ރަޖިސްޓްރީ ކުރުން |
11 އޮކްޓޫބަރ 2026 ން 14 އޮކްޓޫބަރ 2026 |
13:30 |
އޮންލައިން ފޯމް |
|
ބިޑު ހުށައެޅުން |
20 އޮކްޓޫބަރ 2026 |
13:30 |
ހިދާޔާސްކޫލް |
ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯން: 6560572
ފެކްސް: 6561801
އީމެއިލް: [email protected]
30 ރަބީއުލްއާޚިރު 1448
11 އޮކްޓޫބަރ 2026
