|
މަޤާމުގެ ނަން:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
ރޭންކް:
|
GS3/B
|
|
ސެކްޝަން/ޑިޕާޓްމަންޓް
|
މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސަސް - އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
1
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އެޑްވާންސް ސަބްސިޑިއަރީ އިމްތިހާނުން 2 މާއްދާއިން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ތައުލީމީ ދާއިރާ:
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މެއިންޓެނަންސް މަސައްކަތްތަކުގެ ރިޕޯޓުތައް ބަލައިގަތުމާއި، ކުރިއަށް ގެންދިއުމަށް ނިންމާ ކަންކަން އެ މަސައްކަތްކުރަން ހަވާލުކުރެވިފައިވާ މުވައްޒަފުންނާއި ނުވަތަ ފަރާތްތަކާ ހިއްސާކޮށް، އެ މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
- ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި އަދި އެހެން އިވެންޓްތަކަށް ހަމަޖައްސައްޖެހޭ ސައި ނުވަތަ ކެއުން އޯޑަރުކުރުމުގެ މަސައްކަތް ކުރުމާއި، ސެކްޝަންގެ ފަރާތުން އެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ ރިކްއެސްޓްތައް ތައްޔާރުކޮށް ފޮނުމުގެ މަސައްކަތް ކުރުން.
- އިޢުލާނުކޮށްގެން ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަނުން ފޮނުވަންޖެހޭ ސިޓީއާއި މެމޯފަދަ ރަސްމީ ލިޔެކިޔުންތައް ޑްރާފްޓްކޮށް ޓައިޕްކުރުން.
- ސެކްޝަނުގެ އެންމެހައި ރަސްމީ ލިޔެކިޔުންތައް ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ހަފުތާ ބަންދު ހިމެނޭގޮތަށް އޮފީހުގެ ނުރަސްމީ ވަގުތުގައިވެސް އެކަށީގެންވާ މިންވަރަކަށް މަސައްކަތަށް ވަގުތު ދިނުން.
|
|
މުސާރަ:
|
|
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވާ އުސޫލުން މަހަކު 4,400 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
- ޚާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
|
ސުންގަޑި:
|
19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.
|
|
ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
- https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
- ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ހ) ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކުރި ކޯހެއްގެ ސެޓްފިކެޓް ލިބިފައި ނުވާނަމަ، އެ މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން: ކުރިން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާއެއްގައި ހޭދަވީ މުއްދަތާއި އަދާކުރި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓު ދެވޭނެގޮތުގެ މިންގަނޑު:
|
- ތައުލީމް: 35 އިންސައްތަ
- މަސައްކަތާ ގުޅޭ ތަޖުރިބާ: 20 އިންސައްތަ
- އިންޓަވިއު: 45 އިންސައްތަ
|
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުކުރެވޭނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކަށް މިއިދާރާއިން ދޭ އިމްތިހާނުން ފާސްވާ ފަރާތްތަކުގެ ތެރެއިން، ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 15 ފަރާތެވެ.
|