|
މަޤާމު:
|
އެސިސްޓަންޓް މެއިންޓެނަންސް އޮފިސަރ
|
|
ރޭންކު:
|
GS2/B
|
|
ސެކްޝަން/ޑިޕާޓްމަންޓް
|
މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސަސް - އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
1
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.
|
|
ތައުލީމީ ދާއިރާ:
|
- ބިލްޑިންގ މެއިންޓެނަންސް، އިލެކްޓްރިކަލް، މެކޭނިކަލް، އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން، ވެލްޑިންގ، ކާޕެންޓްރީ، ޕެއިންޓިންގ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އިދާރާގެ އިމާރާތާއި ވަސީލަތްތަކަށް ދިމާވާ މަރާމާތުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ރިޕޯޓުތައް ބަލައި، ދުވަހުން ދުވަހަށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތައް ޢަމަލީގޮތުން ކުރުން.
- އިމާރާތުގެ ކަރަންޓާއި، ފެނާއި، އެއަރކޮންޑިޝަން އަދި އެހެނިހެން ވަސީލަތްތައް ގަވާއިދުން ޗެކުކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުން.
- މެއިންޓެނަންސް މަސައްކަތްތަކަށް ބޭނުންވާ ސާމާނު ބެލެހެއްޓުމާއި، ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިވެދިނުން.
- ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާފަރާތްތައް ޝޯޓްލިސްޓްކުރުމަށް ހަމަޖެހިފައިވާގޮތް
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުކުރެވޭނެއެވެ.
- މި މަގާމަށް ކުރިމަތިލާ ފަރާތަކީ، ހަފުތާ ބަންދު ހިމެނޭހެން ނުރަސްމީ ގަޑިތަކުގައި ވެސް މަސައްކަތަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށް ވާންވާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރުމުގައި އުމުރުން 45 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި އިދާރާއިން ދޭ ޕްރެޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތައުލީމަށް 10%، ތަޖުރިބާ އަށް 30%، ދިނުމުން އެންމެ ގިނަ މާކްސް ލިބޭ 15 ފަރާތެވެ. އިންޓަވިއުއަށް ކަނޑައެޅިފައިވަނީ %60 އެވެ.
|
|
އަސާސީ މުސާރަ:
|
މަހަކު 6,550 ރުފިޔާ
|
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވާ އުސޫލުން މަހަކު 4,400 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
- ޚާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
|
ސުންގަޑި:
|
19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.
|
|
ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
- https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
- ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ހ) ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކުރި ކޯހެއްގެ ސެޓްފިކެޓް ލިބިފައި ނުވާނަމަ، އެ މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން: ކުރިން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާއެއްގައި ހޭދަވީ މުއްދަތާއި އަދާކުރި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
|