މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިލަންދޫގައި ނާރސަރީއެއް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ބިޑު ހުށަހެޅުމުގެ ދަޢުވަތު
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިލަންދޫގައި ނާރސަރީއެއްޤާއިމް ކުރުމުގެ މަސައްކަތާއި ގުޅޭ:
- މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 5މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ނާރސަރީ ޤާއިމް ކުރުމުގެ މަސައްކަތް، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
- ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މި ބީލަމުގައި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ކުންފުންޏާބެހޭ ޤާނޫނު (/9610) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕް ޤާނޫނު (201113/) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު (/20073) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (/201419) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރ 18 ވާ އާދިއްތަ ދުވަހު 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.milandhoo.gov.mv/f/7dqoicpu
ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު މެންދުރުފަހު 13:30 ގައެވެ.
11 އޮކްޓޫބަރު 2026
ހޯދާ
