މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރު ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލުން

ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރު ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލުން

1. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލް ސަރަހައްދުގައިވާ ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން ކަަަައުންޓަރު ކުއްޔަށް ހިފަން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

2. ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތަކުގެ ޒޯން އަދިި މަހު ކުލީގެ އޮނިގަނޑު

ތިރީގައިވާ ތާވަލަކީ ޒޯންތަކާއި ކައުންޓަރުގެ އަދަދާއި އެ ޒޯންތަކަށް ކުރިމަތިލެވޭނެ ފަރާތްތަކެވެ.

ޒޯން

ކައުންޓަރުގެ

އަދަދު

ކުރިމަތިލެވޭ ފަރާތްތައް

މަހުކުލި

(އެމެރިކާ ޑޮލަރު)

ޒޯން ޖީ

01

ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް

467

3. ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހެޅުން ލާޒިމު ލިޔުންތައް

ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެވެ.

3.1  ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓު.

3.2  ކުންފުނި ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ހުއްދަ.

3.3  ޓީ.ޖީ.އެސް.ޓީ ސެޓުފިކެޓު.

4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އެޕްލިކޭޝަން ހުށަހެޅުމާއި ގުރުއަތު ނެގުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2016 މާރިޗު 03 ވަނަ ދުވަހުގެ 10:30 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮމާޝަލް އެންޑް މާރކެޓިންގ ސެކްޝަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރެއް ކުއްޔަށް ހިފަން ޝައުޤުވެރިވާ އަދި ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

5. އެޕްލިކޭޝަން ހުށަހެޅުން

އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ 2016 މާރިޗު 06 ވަނަ ދުވަހުން ފެށިގެން 2016 މާރިޗު 08 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 15:30 އަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮމަރޝަލް އެންޑް މާރކެޓިންގ ސެކްޝަނުންނެވެ.                                                              

6. ގުރުއަތުލުމުގެ ބައްދަލުވުން

ގުރުއަތުލުމުގެ މަރުޙަލާއަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުނެގުމަށް ހަމަޖެހިފައިވަނީ 2016 މާރިޗު 10 ވަނަ ދުވަހުގެ 10:30 ގައި  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮމަރޝަލް އެންޑް މާރކެޓިންގ ސެކްޝަނުގައެވެ. ގުރުއަތަށް ހޮވިފައިވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ. ގުރުއަތުލުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅަކީ ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

7. އިތުރު މައުލޫމާތު ހޯއްދެވުމަށް:

ކޮމަރޝަލް އެންޑް މާރކެޓިންގ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000

ދިވެހިރާއްޖެ

ފޯން: 3337215، 3337495، 3337047

އީ-މެއިލް: [email protected]

25 ފެބުރުވަރީ 2016
ހޯދާ