މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން

މަޤާމުގެ ނަންބަރު

            J-453855

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޯޕަރޭޓް އެފެއަރސް ޑިވިޜަން/ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖުހިޔާ، ހުޅުމާލެ

އަސާސީ މުސާރަ

-/16,080 ރުފިޔާ

މަޤާމުގެ އެލަވަންސް

-/7,505 ރުފިޔާ

ޙާޟިރީ އިނާޔަތް

-/205 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެކިއެކި މަސައްކަތްތަކުގައި، ކަމާގުޅޭ ޤާނޫނުތަކާއި އަދި ޤަވާޢިދުތަކާއި އަދި އިދާރާގެ މެންޑޭޓާ އެއްގޮތަށް، އިދާރާގެ ފަންނީ އަދި އިދާރީ ކަންކަން ވިލަރެސްކޮށް، އޮން-ކޯލްގައިވެސް ގިނަ ވަގުތު ހޭދަކޮށްގެން ސުޕަވައިޒަރުގެ އިރުޝާދުގެ މަތީން ފުރިހަމަކުރުން.
  2. ޑިރެކްޓަރ ޖެނެރަލްގެ ސެކެޓްރިއޭޓްގެ މަސައްކަތް ފުރިހަމަކުރުމާއި އަދި މެނޭޖްމަންޓް ބައްދަލުވުންތައް އިންތިޒާމުކުރުމާއެކު ޔައުމިއްޔާކޮށް މަޝްވަރާކުރެވޭ ކަންކަމުގެ މަސައްކަތުގެ އަދާހަމަ ހޯދައި، ޚާއްސަ ނިޒާމެއްގެ ދަށުން އިސްވެ ބެލެހެއްޓުމުގައި ޑިރެކްޓަރ ޖެނެރަލަށް ކޮންމެ ދުވަހަކު އަދާހަމަ ލިޔުމުން ދިނުން.
  3. ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު 2012/04  އާއި، ކަމާގުޅޭ އެހެނިހެން ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް، މަސައްކަތް ހަވާލުކޮށް އަދި ބަހާލެވޭގޮތެއްގެ މަތީން، މާސްޓަރ ޕްލޭނާއި އަދި އެކިއެކި އޮޕަރޭޝަނަލް އެކްޝަން ޕްލޭންތަކާ އެއްގޮތަށް ނިންމުމާއި، ޑްރާފްޓް ނުވަތަ މުރާޖާ ކުރެވޭ ލިޔުންތައް އެކުލަވާލައި، ގައުމީ އަދި ބައިނަލްއަޤްވާމީ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްނަގައިގެން އިރުޝާދު ހޯދައިގެން ފުރިހަމަކުރުން.
  4. މާލިއްޔަތު ޤާނޫނާއި އަދި ޤަވާޢިދާ އެއްގޮތަށް ވަގުތުގެ ކުރީން އަހަރީ ބަޖެޓު އަދި ސަޕްލިމަންޓްރީ ބަޖެޓް ޑްރާފްޓް އެކުލަވާލުމާއި، މުދާ ހޯދުމާއި، ބޭނުންކުރުމާއި، ދޫކުރުމާއި، ހަވާލުވުމާއި، މުދަލުގެ އިންވެންޓްރީ އަދި މެއިންޓަނަންސް އަދި ހައުސްކީޕިން މަސައްކަތްތައް އިރުޝާދު ހޯދައިގެން ގަވައިދުން ބެލެހެށްޓުން، ޚިދުމަތް މެދުނުކެނޑޭނެގޮތަށް އަދި ތަކެތި ހުސްނުވާނެގޮތަށް އިންތިޒާމުކުރުމާއި ވިލަރެސްކުރުމުގެ ޒިންމާ އުފުލުން.
  5. އިދާރާގެ އެކިއެކި އޮޕަރޭޝަނަލް އޭރިޔާ ތަކާ ގުޅުން ހުރި ހަރަކާތްތަކުގެ އަދާހަމަ ބަލަހަށްޓަންޖެހޭ ޕޯރޓަލްތަކާއި ޝީޓްތައް އަދާހަމަކުރުމާއި، މުޅި އިދާރާގެ ހަފްތާ، މަހު، އަހަރީ އިދާރާގެ ރިޕޯޓްތަކަށް ބޭނުންވާ ތަފާސްހިސާބު އެކި ފަރާތްތަކުން ވިލަރެސްކޮށްގެން، ޞައްޙަކަން ކަށަވަރުކޮށް ހުއްދަ ލިބުމުން ޝާއިޢުކުރުމާއި އަދި އެންމެހައި މުވައްްޒަފުން ޤާނޫނާއި އަދި ގަވައިދު، ހިންގޭ ހަރަކާތްތަކަށް އަދި އެންގުންތަކަށް އަހުލުވެރިކުރުވުމުގެ މަސައްކަތް އަވަސްގޮތެއްގައި ނިންމުން.
  6. ގަވައިދުން ސާރވިސް ޗާޓަރ، ސާރކިއުލާތައް އަދި އިއުލާންތައް އަދާހަމަކޮށް، ޚިދުމަތާ ގުޅޭ ޝަކުވާތަކާއި ޚިޔާލުތައް އިސްވެ ބަލައިގަނެ، ޙިދުމަތް ހޯދާ ފަރާތްތަކާ އާއްމުކޮށް ބައްދަލުވުން އިންތިޒާމުކުރުމާއި، އެކަންކަން ހައްލުކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް އިދާރީބައިގެ ފަރާތުން ހުއްދަ ހޯދުމަށްފަހު ޖަވާބުދާރީވުން. މިކަންކަން ކުރުމުގައި ބޭނުންކުރަން ފަސޭހަ ނިޒާމެއް އިދާރާގައި ޤާއިމުކޮށްގެން ފުރިހަމަ ކުރަމުން ގެންދިޔުން.
  7. ސިޓީ، އީ-މެއިލް، ޖަވާބު، މައުލޫމާތު، އަދި ޕްރޮޕޯރސަލް ފަދަ ލިޔުންތައް ޑްރާފްޓް ކުރުމާއި، އެންމެހައި ރަސްމީ ލިޔެކިޔުންތައް އިދާރާއަށް ބަލައިގަތުން އަދި އިދާރާގެ ވެރިޔާގެ ހުއްދަ ހޯދުމަށްފަހުގައި އެކި ފަރާތްތަކަށް ފޮނުވުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުކޮށް އެންމެހައި ލިޔެކިޔުންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ކޮންމެ ދުވަހަކު މި މަސައްކަތްތަކުގެ އަދާހަމަ ސުޕަވައިޒަރަށް ދިނުން.
  8. ހުއްދަ ހޯދުމަށްފަހު، އިދާރީ މައްސަލަތައް ބެލުމާއި ވިލަރެސްކުރުމާއި، މައްސަލަތައް ހައްލުކުރުމާއި، ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާއި މުވައްޒަފުންނަށް އަންގަންޖެހޭ ކަންކަން އެންގުމުގެ މަސައްކަތް ސުޕަވައިޒަރަށް ހުށަހެޅުމަށްފަހު އެފަދަ ކަންކަން ވަގުތުގައި ފުރިހަމަކުރުން.
  9. އިންފޮމޭޝަން ޓެކްނިލޮޖީ، އެވެއަރނަސް، ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް، ލޭގެ ޞިއްޙީ ރައްކާތެރިކަން މޮނީޓަރކުރުމާއި ފެސިލިޓޭޓްކޮށް ދިނުމާއި، އީ-މެއިލް، ހޮޓްލައިން އަދި ސޯޝަލް މީޑިއާ އާ ގުޅުން ހުރި ކަންކަން މޮނީޓަރ ކުރުމާއި ހަރުދަނާކުރުމުގެ މަސައްކަތް ފުރިހަމަކުރުން އަދި ކުރީބައިގައި އެހީތެރިވުން.
  10. އިދާރާއިން ދެމުން އަންނަ ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށްޓަކައި ކޮންޓިންޖެންސީ ޑްރާފްޓް ޕްލޭން އެކުލަވާލުމާއި، ޙިދުމަތް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ސާމްޕަލާއި، ތަކެތި އަދި ލޭ ފޮނުވުމުގެ ކަންކަމާއި، މެޝިނަރީސް އަދި ވަސީލަތްތައް ބޭނުންކުރުމާއި، މެއިންޓަނަންސްކުރުމާއި އަދި ޑިސްއިންފެކްޓް ކުރުމާއި، މެޑިކަލް ސަޕްލައި އަދި ކާރިސާތަކުގެ ހާލަތްތާ ގުޅޭ އެންމެހައި ކަންކަމުގައި ވިލަރެސްކޮށްގެން ލީޑް ކުރުމުގައި އިސްވެ އިރުޝާދު ހޯދައިގެން އެގޮތުގެ މަތީން ކަންކަން ކުރުމާއި އަދި ބެލެހެށްޓުމުގެ ޒިންމާ އުފުލުން.
  11. ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަސް ހަވާލުކުރާ ފަންނީ އަދި އިދާރީ މަސައްކަތްތައް އަމިއްލައަށް އަދި މުވައްޒަފުން މެދުވެރިކޮށްވެސް އަވަސްގޮތެއްގައި ފުރިހަމަކުރުން އަދި މޮނީޓަރ ކުރުން.
  12. އިދާރާގެ އިދާރީ މުވައްޒަފުންނާއި، އެޓެންޑަންޓުން، އެކިއެކި ސަޕޯރޓް ސްޓާފުން، ސެކިއުރިޓީ، މެއިންޓެނަންސް ސްޓާފުންގެ، ޑްރައިވަރުން، ޕަބްލިކް ރިލޭޝަންސް އަދި ކްލިނިކަލް އެއިޑުންގެ މަސައްކަތުގެ ދާއިރާ އާ ގުޅިގެން ޑިއުޓީ އަދި ހާޒިރީއާ ގުޅުން ހުރި އިންތިޒާމުތަކާއި، މަގުދެއްކުމާއި، އިސްލާހީ ފިޔަވަޅު އެޅުމާއި އަދި އެ ފަރާތްތަކުގެ މަސައްކަތް ގާތުން ސުޕަވައިޒުކުރުމުގެ މަސައްކަތް ގަވައިދުން ކުރިޔަށް ގެންދިޔުމުގައި ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތީ މަސައްކަތްތައް ތަރުތީބުކުރުން، ފުރިހަމަ ކުރުން، ކުރުވުން އަދި ބެލެހެށްޓުން.

 

 

ތައުލީމީ ފެންވަރާއި  މަސައްކަތުގެ ތަޖުރިބާ

  1. މާޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10  ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި މަޤާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9  މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. އަހި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ދާއިރައެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު, މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. 

މަގާމުގެ ތައުލީމީ ރޮނގުތައް:

  • އެކައުންޓިންގ 
  • އެކައުންޓިންގ އެންޑް ފައިނޭންސް 
  • އެޑްމިނިސްޓްރޭޝަން 
  • އޮޑިޓިންގ 
  • ބިޒްނަސް 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް 
  • ކޮމާރސް 
  • ފައިނޭންސް 
  • ފައިނޭންޝަލް މެނޭޖްމަންޓް 
  • ފައިނޭންޝަލް ޕްލޭނިންގ 
  • ހެލްތް އެޑްމިނިސްޓްރޭޝަން 
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން 
  • ހެލްތް ކެއަރ މެނޭޖްމަންޓް 
  • ހެލްތު މެނޭޖުމަންޓް 
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން 
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް 
  • ހޮސްޕިޓަލް އެޑްމިިނިސްޓްރޭޝަން 
  • ހޮސްޕިޓަލް މެނޭޖްމަންޓް 
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  • ހިއުމަން ރިސޯސަސް 
  • އިންޓަރނަލް އޮޑިޓިންގ 
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  • އިސްލާމިކް ފައިނޭންސް 
  • ލެބޯޓަރީ ސައިންސް 
  • މެނޭޖްމަންޓް 
  • މެޑިކަލް ސައިންސް 
  • ނާސިންގ 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  • ޕަބްލިކް ފައިނޭންސް 
  • ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން 
  • ޕަބްލިކް މެނޭޖްމަންޓް

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް  

މަޤާމުގެ ކޯ ޑިސިޕްލިން:  ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ މެނޭޖީރިއަލް މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލް ކުރައްވާނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

  

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮކްޓޫބަރު ނުވަތަ ނޮވެންބަރު މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             

10 އޮކްޓޫބަރު 2026
ހޯދާ