ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ ރޭންކު 7 - ސްޓެޕް 1 J-459590

އިޢުލާނު

 

މަޤާމު:

ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-459590

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް/ ކ. މާލެ

ކޯޕަރޭޓް އެފެއާޒް ސެކްޝަން، ޕްރޮކިއުމަންޓް ޔުނިޓް

މުސާރަ:

9845.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4595.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 125.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓަށް ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި ގަނެދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ޑިޕާޓްމަންޓަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް އިޢުލާންކުރުމާއި، މަޢުލޫމާތު ދިނުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބީލަންތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކުރުން.
  3. ޑިޕާޓްމަންޓުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާ ގުޅިގެން ބިޑު ކޮމިޓީއަށް ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ތައްޔާރު ކުރުމާއި ބިޑު ކޮމިޓީއަށް ޕްރޮކިއުމަންޓްތައް ހުށަހެޅުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  4. ބިޑު ކޮމިޓީގެ ނިންމުންތަކާއި ގުޅޭގޮތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، އެވޯރޑް ލެޓާރ ފޮނުވުމާއި، އެގްރިމެންޓް ޑްރާފްޓްކޮށް، އެގްރިމެންޓްގައި ސޮއިކުރުވުމާއި، ޕާރޗޭސް އޯޑަރ ފޯމު ތައްޔާރުކޮށް ފޮނުވުން.
  5. އެގްރިމެންޓް ކޮށްގެން ކުރާ މަސައްކަތް ނިންމުމުން، މަސައްކަތުގެ ޑެލިވަރީ އަދި ކޮލިޓީއަށް ބަލައި، މަސައްކަތް ނިންމި ކަމުގެ ލިޔުން ތައްޔާރުކޮށް ފޮނުވުން.
  6. ހަރުމުދަލުގެ ރަޖިސްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ދަޢުލަތުގެ މާލިއްޔަތު ގަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރ އާއި އެއްގޮތަށް ކުރުމާއި، ވެންޑަރއާއި، އެސެޓް ކްރިއޭޓް ކުރުމުގެ ޕްރޮސެސް ބަލާ، ގަވާއިދުގައިވާ ގޮތުގެމަތިން މަސައްކަތް ކުރުން.
  7. ޑިޕާޓްމަންޓަށް ގަންނަ ތަކެތި އޮފީހުގެ އިންވެންޓްރީއަށް އެންޓަރކޮށް ނަންބަރުޖެހުމަށްފަހު އެދުނުފަރާތަށް ހަވާލުކުރުމަށްފަހު، ވޮރަންޓީގެ މުއްދަތުގެ ތެރޭގައި ހުންނަ އެސެޓްތައް ބެލެހެއްޓުމުގައި އެޑްމިން ސެކްޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  8. ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ މަސައްކަތް އިންތިޒާމުކޮށް ބެލެހެއްޓުމާއި އެސެޓް ރެޖިސްޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުން.
  9. ޑިޕާޓްމަންޓުން މަސައްކަތް ޙަވާލުކުރުމަށް އެކުލަވާލެވޭ އެއްބަސްވުންތަކާއި ގުޅޭ އެންމެހައި މަސައްކަތްތައް ހިންގުމާއި، ބެލެހެއްޓުމާއި އަދި މަސައްކަތުގެ އަދާހަމަ ސުޕަވައިޒަރަށް އެންގުން.
  10. ޑިޕާޓްމަންޓުން ކުރާ ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރެވޭ ކަނޑު ދަތުރުތަކާއި ވައިގެ ދަތުރުފަތުރާއި، ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައި އެކަމުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ދިނުން
  11. ކޮންމެ މަހެއް ނިމުމުގެ ކުރިން އޮފީހުން ހޯދާފައިވާ ޚިދުމަތްތަކާއި ގަނެފައިވާ ތަކެތީގެ ބިލުތައް ލިބިފައިވޭތޯ ބަލާ ކަށަވަރު ކުރުމާއި، ނުލިބި ހުންނަ ބިލުތައް ހޯދުމާއި، ބިލުތަކާއި ގުޅޭ ލިޔެކިއުންތައް ހަމަކޮށް ފައިސާ ދެއްކުމަށްޓަކައި ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
  12. ޑިޕާޓްމަންޓުގެ އެތެރޭގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކުރުން.
  13. ޑިޕާޓްމަންޓުގައި ބާއްވާ ޚާއްސަ ޙަފްލާތަކާއި ސެމިނަރ/ވަރކްޝޮޕްތަކަށް ބޭނުންވާ ކެއުމާއި ސައި ހަމަޖެއްސުން ފަދަ އިދާރީ އިންތިޒާމުތަކާގުޅޭ ޕްރޮކިއުމަންޓްގެ މަސައްކަތް މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހަމަޖެއްސުން.
  14. ޑިޕާޓްމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުމާއި، ސިވިލް ސަރވިސް ގަވާޢިދުގެ ތެރެއިން އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތަކާއި ޒިންމާ ތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ޕްރޮކިއުމަންޓް މެނޭޖްމަންޓް
  2. ސަޕްލައި ޗެއިން މެނޭޖްމަންޓް
  3. ލޮޖިސްޓިކްސް މެނޭޖްމަންޓް
  4. އޮޕަރޭޝަންސް މެނޭޖްމަންޓް
  5. ޕަރޗޭސިންގ،
  6. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
  7. ލޯ
  8. ފައިނޭންސް
  9. އިކޮނޮމިކްސް
  10. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  11. ޕްރޮޖެކްޓް މެނޭޖްމަންޓް
  12. ކުއަންޓިޓީ ސަރވެއިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ބީލަމާބެހޭ މަސައްކަތްތައް
  2. ވިޔަފާރީގެ މުޢާމަލާތްތަކުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
  3. މާލީ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު)ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19އޮކްޓޫބަރު 2026 ވަނަ ދުވަހުގެ  13:00ގެ ކުރިން، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެޕް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 21އޮކްޓޫބަރު 2026 އާއި 05ނޮވެމްބަރު2026 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ހ.ސަކީނާމަންޒިލް، 4 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނުވަތަ 3031488 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 އޮކްޓޫބަރު 2026
ހޯދާ