އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މާޅޮހުގައި ބަށިކޯޓެއް އެޅުމާގުޅޭ

އިޢުލާން

އއ. މާޅޮހުގައި ބަށިކޯޓެއް އެޅުމާގުޅޭ:

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން އއ. މާޅޮހު ގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މިއިދާރާގެ ނަންބަރު IUL)345-CAA/345/2016/2)ފ(28 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 12:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ. މާޅޮހުގައި ބަށިކޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.  

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ