މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާޅެންދޫ "ރިސާދު ހިނގުން" މަގުގެ ހުޅަނގުކޮޅު ސާފުކުރުމަށް ނަގާފައިވާ ރުއްތަށް ނީލަންކިޔުން

ނ.މާޅެންދޫ "ރިސާދު ހިނގުން" މަގުގެ ހުޅަނގުކޮޅު ސާފުކުރުމަށް ނަގާފައިވާ ރުއްތައް ނީލަންކިޔުމަށް ވަނީ ހަމަޖެހިފައެވެ.   

       

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

ނީލަން އޮންނަ ދުވަސް:

12އޮކްޓޫބަރު 2026  (ހޯމަ ދުވަސް)

ގަޑި:

މެންދުރުފަހު 13:00  

ނީލަން އޮންނަ ތަން:

"ރިސާދު ހިނގުން" މަގުގެ ހުޅަނގުކޮޅު

 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ނީލަންކިޔާ ތަކެތި

ފެށޭއަގު

6

ރުއް

50.00 ރ.

 

އިތުރު މަޢުލޫމާތު:

  • ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުގެ އެކައުންޓް ނަމްބަރ: 7720700399003 (1327 ޚަރަދު 1 ) އަށް ފައިސާ ޖަމާ ކުރެއްވުމަށްފަހު 9743319 ނަމްބަރ އަށް ސްލިޕް ވައިބާރ ކުރަން ވާނެއެވެ.
  •  ނީލަމުން ނަންގަވާފައިވާ ތަކެތީގެ ފައިސާ ދެއްކެވުމަށްފަހު، އެތަކެތީގެ ވެރިފަރާތުން 5 (ފަހެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
  • ތަކެތި ގެންދެވުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެތަކެތި ނުގެންދަވާނަމަ، އަދި ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކަވާނަމަ، ނީލަން ބާޠިލްކޮށް ކައުންސިލުން ނިންމަވާ ގޮތެއްގެ މަތީން މިތަކެއްޗާއިމެދު ޢަމަލުކުރެވޭނެއެވެ. މިފަދަ ޙާލަތެއްގައި، ދައްކަވާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
  • ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                27 ރަބީޢުލްއާޙިރު  144

                                 08 އޮކްޓޯބަރ 2026

08 އޮކްޓޫބަރު 2026
ހޯދާ