ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮދާން އޮފީސް ކޮންޕްލެކްސް (N.O.C) ގެ ފުރަތަމަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ތަރައްޤީ ކުރުމަށާއި އެން.އޯ.ސީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނޮދާން އޮފީސް ކޮންޕްލެކްސް (N.O.C) ގެ ފުރަތަމަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ތަރައްޤީ ކުރުމަށާއި އެން.އޯ.ސީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުންބުޓި ޕޯޓަލްގެ ބިޑް ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވެލައްވާ:

ލިންކް: https://kunbuti.gov.mv/services/Procurement

 

 

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ އަދި ސައިޓް ވިޒިޓިންގ

ތަން: ލަނގޮޑި މާލިމީ މާލަން (އެން.އޯ.ސީ 2 ވަނަ ފަންގިފިލާ)

‏13‏ އޮކްޓޯބަރ‏ 2026‏ (އަންގާރަ‏)

10:30

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް [email protected]

‏27‏ އޮކްޓޯބަރ‏ 2026‏ (އަންގާރަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏28‏ އޮކްޓޯބަރ‏ 2026‏ (ބުދަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

‏29‏ އޮކްޓޯބަރ‏ 2026‏ (ބުރާސްފަތި‏)

10:30

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏08‏ އޮކްޓޯބަރ‏ 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: 

https://kulhudhuffushicity.gov.mv/procurement/583

08 އޮކްޓޫބަރު 2026
ހޯދާ