ދިވެހިރާއްޖެ
އިޢުލާން
|
އަންދާސީ ހިސާބު ބޭނުންވެއްޖެ: |
މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައި ބެހެއްޓުމަށް ބޭނުންވާ 20 ޖޯލި (4 ޖޯލީގެ 5 ސެޓް) ހަދާދޭނެ ފަރާތެއް ހޯދުން.
މިރަށު އިޖުތިމާޢީ ސަރަޙައްދުތަކުގައި ބެހެއްޓުމަށް 20 ޖޯލި (4 ޖޯލީގެ 5 ސެޓް) ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން:
މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ އިދާރާގައި ބިޑް ރެޖިސްޓަރ ކުރެއްވުންއެދެމެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 18 އޮކްޓޯބަރ 2026 (އާދިއްތަ) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުގައެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓަރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.
މިބީލަމުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށްވެސް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅޭނެއެވެ.
ބިޑްހުށަހެޅުން:
މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 20 އޮކްޓޯބަރ 2026 (އަންގާރަ) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ނޯޓް: މެއިލް މެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 19 އޮކްޓޯބަރ 2026 (ހޯމަ) ދުވަހުގެ 12:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
