ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހދ.ކުމުންދޫ ޞިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި ލެބޯޓަރީއެއް އިމާރަތް ކުރުމުގެ މަސައްކަތް

މަސައްކަތް:

ކުމުންދޫ ޞިއްޙީމަރުކަޒު، ހދ. ހދ.ކުމުންދޫ ދިވެހިރާއްޖެ

ހދ.ކުމުންދޫ ޞިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި ލެބޯޓަރީއެއް އިމާރަތް ކުރުމުގެ މަސައްކަތް


މިޞިއްޙީމަރުކަޒުންދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ކުމުންދޫ ޞިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ އިމާރާތުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 08 އޮކްޓޫބަރު 2026 ން 18 އޮކްޓޫބަރު 2026 ގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:   Bid registration form

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 އޮކްޓޫބަރު 2026 13:00 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 19 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 11:00 ގައި ކުމުންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުގައެވެ.

މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޞިއްޙީމަރުކަޒު / ހދ. ކުމުންދޫ
  • ފޯން:  6521009
  • އީމެއިލް: [email protected]

08  އޮކްޓޫބަރު 2026

ނަންބަރު: B-13/HC/IUL/2026/06

ޕަބްލިޝްކުރި ތާރީޚު: 08  އޮކްޓޫބަރު 2026

08 އޮކްޓޫބަރު 2026
ހޯދާ