މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ:

               މިއިދާރާގެ ބެލުމުގެ ދަށުގައިވާ ހިކިފައި ހުރި ފުނަގަސްތަކެއް ނީލަން ކިޔުމަށް ބޭނުންވެއެވެ. މިތަކެތި ނީލަން ކިޔުން 09 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު އޮންނާނެ ވާހަކަ ދަންނަވަމެވެ. މިތަކެތީގެ ނީލަން ފެށޭނީ ސެމާ އެވެ ކިޔާ ގޭގެ ހުޅަނގުގައި އޮންނަ ހުސްބިމުގައެވެ. މި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 14:30 ގައި ކަމުގައި ދަންނަވަމެވެ.

               މިހެންކަމުން މިނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ސެމާ އެވެ ކިޔާ ގޭގެ ހުޅަނގުގައި އޮންނަ ހުސްބިމަށް ޙާޟިރުވެދެއްވުން އެދި ދަންނަވަމެވެ. އަދި މި ނީލަމުން ނަންގަވާ ތަކެއްޗަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ފައިސާ ދައްކާ ނުގެންގޮސް ހުންނަ ތަކެތި، އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި މިއިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ޢާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 އޮކްޓޫބަރު 2026
ހޯދާ