ދިވެހިރާއްޖެ
އިޢުލާން
މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ފުރާޅާއި ކޯޓްރޫމް އަމިއްލަ ތަކެތީގައި މަރާމާތުކުރާނެ ފަރާތެއް ހޯދުން
މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ފުރާޅާއި ކޯޓްރޫމް އަމިއްލަ ތަކެތީގައި މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް މިކޯޓުން 07 ފެބުރުވަރީ 2016 ގައި ކުރި އިޢުލާން ނަންބަރު: K5C-A/2016/08 އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކޯޓުން އަންގާގޮތަށް އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 09:30 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
14 ޖުމާދަލްއޫލާ 1437