މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައްތިޔާ ވިއްކުމާއި ޑިންގީތައް ތަރުތީބުކުރުން

ޕްރޮޖެކްޓް ނަންބަރު: PC/308/2026/12

ދެކުނު ބަނދަރުގެ ހުޅަނގު ޖެޓީގައި ކައުންސިލުން ފާހަގަކޮށްފައިވާ ސަރަޙައްދުން، 30 ފޫޓަށްވުރެ ބޮޑެތި ލާންޗް ފަހަރަށް، 4 (ހަތަރެއް) ފައްތިޔާ ވިއްކުމަށް ހުޅުވާލަމެވެ. ފައްތިޔާއެއްގެ އަގަކީ އަހަރަކަށް 1500.00 (ފަނަރަ ސަތޭކަ) ރުފިޔާއެވެ. ފައްތިޔާ ވިއްކުމަށް ގަސްތުކޮށްފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ފައްތިޔާ ގަންނަ ފަރާތްތަކުން 2 (ދޭއް) އަހަރުގެ ރުފިޔާ އެއްފަހަރާ ދައްކަންވާނެއެވެ. ފައްތިޔާ ގަތުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނުގައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ޑިންގީ ޖެޓީ އާއި ޖެޓީގެ ބުޑުތަކުގައި ޗޭނުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އެހެންކަމުން، ޑިންގީ ޖެޓީގައި ފައްތިޔާ ޖެހުމުގައި، އެއް ޑިންގި އަނެއް ޑިންގި އާ ޖެހޭނެހެން، ފައްތިޔާޖެހުމަށް އެންމެހާ އޮޑިވެރިންނަށް ދަންނަވަމެވެ. އަދި އެއް ޑިންގީ އަނެއް ޑިންގީ އާއި ދެމެދު ހުސްޖާގަ ނުބާއްވައި ތަރުތީބުން، ޖެޓީގައި ޑިންގީ އެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

ފައްތިޔާ ގަތުމަށް އެދޭ ފޯމް: ފައްތިޔާ ވިއްކުމާއި ޑިންގީތައް ތަރުތީބުކުރުން

07 އޮކްޓޫބަރު 2026
ހޯދާ