މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިންދޭ ކުރެހުމާއި އެއްގޮތަށް ހޭންޑްބޯޅަ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުން

މިއިދާރާއިންދޭ ކުރެހުމާއި އެއްގޮތަށް ހޭންޑްބޯޅަ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށްޢާންމުކޮށް ޢިއުލާން ކުރީމެވެ.  ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 07 ވަނަ ދުވަހުން ފެށިގެން 2026 އޮކްޓޯބަރ 14  ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރޭޝަން

14 އޮކްޓޯބަރ 2026

ބުދަ

11:00 ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

21 އޮކްޓޯބަރ 2026

ބުދަ

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

26 ރަބީޢުލްއާހިރު 1448

07 އޮކްޓޫބަރު 2026
ހޯދާ