ކޮޅުމަޑުލު ވަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ތ.ވަންދޫ ޞިއްޙީމަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުމަށް ބޭނުންވާ ކޮޓަރި މަރާމާތުކުރުން.

ތ.ވަންދޫ ޞިއްޙީމަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުމަށް ބޭނުންވާ ކޮޓަރި މަރާމާތުކުރުން.


ނަންބަރ:   5(IUL)VHC/N-7/2026/0

އިޢުލާން

 

         ތ. ވަންދޫ ސިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތްދިނުމަށް އިމާރާތުގެ މަރާމާތު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00

ގައި ތ. ވަންދޫ ސިއްޙީމަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި ތ. ވަންދޫ ސިއްޙީމަރުކަޒު ގައެވެ.

        މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެއަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

27 ރަބީޢުލް އާޙިރް 1448ހ.

07 އޮކްޓޯބަރ 2026މ.

07 އޮކްޓޫބަރު 2026
ހޯދާ