ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ކޮމްޕިއުޓަރު ސިސްޓަމްތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
|
# |
ތަފުޞީލު |
ތާރީޚު |
ގަޑި |
ތަން |
|
1 |
މަޢުލޫމާތު ސާފުކުރުން |
14 އޮކްޓޫބަރު 2026 |
11:00 |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / ހ. ޕެލްމެއިރާ، ސޯސަންމަގު، 6 ވަނަ ފަންގިފިލާ |
|
2 |
ބިޑު ހުށަހެޅުން |
20 އޮކްޓޫބަރު 2026 |
11:00 |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / ހ. ޕެލްމެއިރާ، ސޯސަންމަގު، 6 ވަނަ ފަންގިފިލާ |
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ބިޑު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
