އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ބޭނުން އިކުއިޕްމަންޓް އަދި އެކްސަސަރީޒް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:  137-IU/PR/2026/149

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-07

ޕްރޮޖެކްޓްގެ ނަން: ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ބޭނުން އިކުއިޕްމަންޓް އަދި އެކްސަސަރީޒް  ހޯދުން

ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ތިރީގައި ބަޔާންކޮށްފައިވާ އައިޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ،  މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

Quantity

Item Details

36 Nos

Lead Free Light Weight Aprons- 0.5mm Pb Equivalent Aprons

36 Nos

Magnetic Thyroid Collars

15 Nos

Leaded Eyewear Sets

03 Nos

Mobile Apron Racks

03 Nos

Wall Mounted Apron Racks

 

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ކޮންމެ އައިޓަމަކަށް ވަކިން، އަދި ޖުމްލަ އަގު ވަކިން ބަޔާންކޮށްފައި އޮންނަންވާނެއެވެ.   
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު  (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  • ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
  • މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް  
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް ) މެޑިކަލް މެޝިނަރީ / އިކްއިޕްމަންޓް ފަދަ ތަކެތި ސަޕްލައިކުރުމުގެ( މަސައްކަތްތައް ނިންމާފައިވާކަމުގެ މަދުވެގެން 1 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  
  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންވާ ރިކްއަރމެންޓް ފުރިހމަވާ އައިޓަމްތަކުން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

# 

ކެޓެގަރީ

މާރކްސް 

މާރކްސް ދެވޭ އުސޫލު

1 

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

 ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް  ބޭނުންވާ އިކްއިޕްމެންޓް އަދި އެކްސަސަރީޒް ސަޕްލައިކުރުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.   

  • އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.   

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޫބަރ 2026ގެ  13:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-     ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2-     ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3-     މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4-     ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 26 ރަބީއުލް އާހިރާ 1448

                                       07 އޮކްޓޫބަރ 2026

07 އޮކްޓޫބަރު 2026
ހޯދާ