ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ކަނެކްޝަން ހެދުމާ ގުޅޭ

އިޢުލާން

ފެނާއި ނަރުދަމާގެ ކަނެކްޝަން ހެދުމާ ގުޅޭ

        މި ކޯޓު ޢިމާރާތުގައި ހުރި ދެ ފާޚާނާއާއި ކޯޓު ގޯތީގައި ހުރި މުވައްޒަފުންގެ ހަޓަށް ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

        ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދު (07 އޮކްޓޫބަރު 2026) ން ފެށިގެން 2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 11:00 އާ ހަމައަށް މިކޯޓުގެ ކައުންޓަރަށް ވަޑައިގެން ނުވަތަ މި ކޯޓުގެ އީ-މެއިލް އެޑްރެސް [email protected] އަށް އީ-މެއިލް ކުރައްވައި ނުވަތަ މި ކޯޓުގެ ނަންބަރު 6740655 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2026 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

        މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

26 ރަބީޢުލްއާޚިރު 1448

07 އޮކްޓޫބަރު 2026

07 އޮކްޓޫބަރު 2026
ހޯދާ