ދިވެހިރާއްޖެ
މަޤާމް: ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓް ގްރޭޑް 1
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުއްދަތު: 1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން
މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)
މަޤާމުގެ ރޭންކް: ޕަބްލިކް ސަރވިސް ރޭންކް 1 - ހަރުފަތް 1
މަޤާމުގެ ކްލެސިފިކޭޝަން: ޖުޑީޝަލް ސަޕޯޓް ވަރކަރުން
ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑް އޮފީސް / މާލެ
މުސާރަ: -/7,700 ރުފިޔާ
އެހެނިހެން އިނާޔަތް:
- މަޤާމުގެ އެލަވަންސް: 2,310/- ރުފިޔާ
- ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 60/- ރުފިޔާ
- ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
- ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1- އޮފީސް ޢިމާރާތް ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުން
2- މި މަސައްކަތް ތަކުގެ އިތުރުންވެސް މި އޮފީހުން އަންގާ އެންމެހާ މަސައްކަތްތައް ކުރުން
ފެންވަރު ނުވަތަ ޝަރުޠު:
- ލިޔަން ކިޔަން އެނގުން. ނުވަތަ،
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަސައްކަތު ތަޖުރިބާގެ ދާއިރާތައް:
ކުނިކަހާ ފޮޅާ ސާފުކުރުމާއި މެއިންޓަނެންސް މަސައްކަތްތައް
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://edhoroashi.pgo.mv/public/applications/jobs
ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 18 އޮކްޓޫބަރު 2026 – 15 ނޮވެންބަރު 2026 އާ ދެމެދު ފުވައްމުލަކު ގޮފީގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަނަވަރު
- ދރއ. ކާޑުގެ ކޮޕީ
- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
26 ރަބީޢުލްއާޚިރު 1448
07 އޮކްޓޫބަރު 2026
