މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ މަޢުޛޫނުން ހޯދުމާއިގުޅޭ؛

މިކޯޓުގެ ޝަރުޢީ މައުޛޫނުންގެ މިހާރު އޮތް ދަފްތަރުގެ މުއްދަތު ހަމަވެފައިވާތީ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ، މިދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މިކޯޓަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

އެލަވަންސް:

ޢަޤުދުކޮށްދޭ ކޮންމެ ކާވެންޏަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ޝަރުޢީ މައުޛޫނުންގެ ދަފްތަރުގައި ޖެހުމަށް އެދި ހުށަހަޅާ ފޯމް
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  3. ޝަރުޢީ މައުޛޫނުކަމުގެ ހުއްދައިގެ ކޮޕީ (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

 

ލިޔުންތައް ހުށަހަޅަންވާ ގޮތާއި ތާރީޚް:

މިކަމަށް އެދޭ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން މިކޯޓަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

07 އޮކްޓޫބަރު 2026
ހޯދާ