ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ހަދަމުންދާ ފިނިމައިޒާންތަކުގެ ވަށާ ފާރުގެ ދެފަރާތުގައި 4 އިންޗި ފުޅާ ބޯޑަރު ފަށެއްލައި ތަނބުތަކުގައި ސިމެންތި ޖަހާ ނިންމުމަށް ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ ކައުންސިލުން ތަކެތި ދިނުމުން މިމައްސައްކަތް ކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ގެ 10:00 އަށް ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ބީލަން ފޯމް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
