މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ދިވެހިރާއްޖެ
"ވިޒިޓް މޯލްޑިވްސް އިޔަރ 2027" އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތީމް ލަވައަށް މިއުޒިކް ވީޑިއޯ ހެދުން

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން "ވިޒިޓް މޯލްޑިވްސް އިޔަރ 2027" އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތީމް ލަވައަށް މިއުޒިކް ވީޑިއޯއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

19 އޮކްޓޫބަރު 2026 (ހޯމަ)

10:00

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

07 އޮކްޓޫބަރު 2026
ހޯދާ