ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

މަޤާމު:           އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)

ބޭނުންވާޢަދަދު:        2 (ދެއެއް)

މުއްދަތު:           1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން

              މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)                           

މަޤާމުގެ ރޭންކް:        ޕަބްލިކް ސަރވިސް ރޭންކް 7(1)  - ހަރުފަތް 1 

މަޤާމުގެ ކްލެސިފިކޭޝަން:     ޕަބްލިކް ޕްރޮސިކިއުޓަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން:     ހެޑް އޮފީސް / މާލެ

މުސާރަ:            -/14,785 ރުފިޔާ

އެހެނިހެން އިނާޔަތް:

  1.  މަޤާމުގެ އެލަވަންސް: 6,900/- ރުފިޔާ
  2.  ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 185/- ރުފިޔާ
  3.  ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
  4.  ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  5.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

މިއޮފީހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ޢުމުރުން 55 އަހަރު ވެފައިނުވުން.

ތައުލީމީ ރޮނގުތައް:

ޤާނޫނީ ދާޢިރާ

މަޤާމުގެ މަސައްކަތާ ގުޅޭ

ޤާނޫނީ ދާއިރާއާއި ގުޅުންހުރި މަސައްކަތް

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://edhoroashi.pgo.mv/public/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 18 އޮކްޓޫބަރު 2026 – 15 ނޮވެމްބަރު 2026 އާ ދެމެދުގައެވެ.

 

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

26 ރަބީޢުލްއާޚިރު 1448

07 އޮކްޓޫބަރު 2026

07 އޮކްޓޫބަރު 2026
ހޯދާ